މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެޓަރަންސް ކަޕް މުބާރާތަށް ސަޕޯޓަރުން ގޮވައިގެން ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ވެޓަރަންސް ކަޕް މުބާރާތަށް ސަޕޯޓަރުން ގޮވައިގެން ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

25 ސެޕްޓެމްބަރ 2026 ގައި ފެށުމަށް ހަމަޖެހިފައިވާ ވެޓަރަންސް ކަޕް މުބާރާތުގައި ބައިވެރިވި މާކުރަތު ޓީމަށް ސަޕޯޓް ކުރުމަށް ސަޕޯޓަރުން ގޮވައިގެން ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. ކޯޓޭޝަން ހުށަހަޅުއްވާނީ 2 ކޮޅު ދަތުރުގެ ރޭޓުން ( މާކުރަތުން ރަސްމާދޫއަށް ، ރަސްމާދޫއިން މާކުރަތަށް ) ދަތުރުގެ އަގަށްވާ ގޮތަށެވެ.

މުބަރާތުގައި މާކުރަތު ޓީމު މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ:

  1. 26 ސެޕްޓެމްބަރ 2026 ހޮނިހިރު ދުވަހުގެ ރޭ 20:00
  2. 27 ސެޕްޓެމްބަރ 2026 އާދިއްތަ ދުވަހުގެ ހަވީރު 16:00
  3. 29 ސެޕްޓެމްބަރ 2026 އަންގާރަ ދުވަހުގެ ރޭ 21:00

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ ކުރިން ކޯޓޭޝަން ހުށަހެޅުމަށް ދަންނަވަމެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް 6584030 ނަންބަރު ފޯނަށް ގުޅުއްވުމަށް ދަންނަވަމެވެ.  

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

17 ސެޕްޓެންބަރު 2026
ހޯދާ