ފ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ކަރަންޓް ވައިރު ކުރުން

ނަންބަރު: GS11 - IUL / 2026 / 22

އިޢުލާނު

 

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

 

ކަރަންޓް ވައިރު ކުރުން

 

  މިމަދަރުސާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން ކްލާސްރޫމްތައް އެއަރކަންޑިޝަންކުރުމަށް ކުރަންޖެހޭ  ކަރަންޓް މަރާމާތުތައް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

             ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިދަންނަވާ ތާރީޚުގައި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމުގައި އޮންލައިންކޮށް  (އީމެއިލް މެދުވެރިކޮށް) ބައިވެރިވެވޭނެ ވާހަކަ ދަންނަވަމެވެ.

  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތު: 2026 ސެޕްޓެންބަރު 20 އިން 28 ވާ ހޯމަ ދުވަހު 12:30 އަށް.
  • އަންދާސީ ހިސާބު ހުށަހެޅުއްވުމަށް: 2026 ސެޕްޓެންބަރު 29 ވާ އަންގާރަ ދުވަހު ހެނދުނު 10:30 އަށް ފ. އަތޮޅުމަދަރުސާ އަށް ދުރުވެދެއްވުން އެދެމެވެ.

            މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ، ޤާނޫނު ނަމްބަރ 2014/18 ( ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި، ޤާނޫނު ނަމްބަރ 2014/19  ( އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

             މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ކޮންމެ ބޭފުޅަކަށްވެސް 1 (އެކެއް) ފަރާތެއްގެ ނަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ހާޒިރުނުވެވުނު ސަބަބާއި، ފޮނުއްވާ ފަރާތުގެ މަޢުލޫމާތު ބަޔާންކޮށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި، ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. މި މަސައްކަތާ ގުޅޭ ބީލަން ފޮތް މި އިޢުލާނާ އެކު ގެޒެޓް ކުރެވިފައިވާނެއެވެ.

  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށް ގުޅުއްވާނީ: 7952910
  • ބީލަން ހުށަހެޅުމަށް މެއިލް ކުރައްވާނީ: [email protected]
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމުގެ ފޯމް:  https://forms.gle/F4XPNaowvT6e68wa8

 

17 ސެޕްޓެންބަރު 2026

17 ސެޕްޓެންބަރު 2026
ހޯދާ