ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރި ބިން ކުއްޔަށް ދޫކުރުން

މި އިޢުލާންވަނީ 17 ސެޕްޓެންބަރު 2026 14:33 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

ވިޔަފާރި ބިން ކުއްޔަށް ދޫކުރުން

             

ގދ. ފަރެސްމާތޮޑާ މާތޮޑާ އަވަށު ކުރީގެ އޮފީސް ޢިމާރާތް ހުރި ބިން 25 (ފަންސަވީސް) އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2026 ސެޕްޓެމްބަރ 29 ވަނަދުވަހުގެ 13:00 ގެ ކުރިން "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް މިކައުންސިލްގެ އިދާރާއަށް ހުށައެޅުން އެދެމެވެ. ބިޑް ރަޖިސްޓްރީ ފޯމް [email protected]  މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

 

މަޢުލޫމާތު ސާފުކުރުމާއި ބީލަމުގެ ތަފްޞީލު

 

  1. ބީލަން ފޮތް ބައްލަވައިގަތުން: ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެވޭނީ ބީލަން ފޮތް ބައްލަވައިގަންނަވާ ފަރާތްތަކަށެވެ. (ބީލަމުގައި ރަޖިސްޓްރީވުމުން ބީލަން ފޮތް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.)
  2. ބީލަން ފޮތް ވިއްކާ އަގު: -/1,500ރ (އެއްހާސް ފައްސަތޭކަ ރުފިޔާ) - މި ފައިސާއަކީ އަނބުރާ ލިބޭނެ ފައިސާއެއް ނޫނެވެ (Non-refundable).
  3. ބެންކު އެކައުންޓްގެ ތަފްޞީލް: 7701700481001 (1474 – Revenue-1)
  4. ފައިސާ ޖަމާކުރުމާއި ސްލިޕް ފޮނުވުން: ފައިސާ ޖަމާކުރައްވާއިރު ރިފަރެންސްގައި "ބީލަމުގައި ރަޖިސްޓްރީ ވުމަށް" ލިޔުއްވުމަށްފަހު، ޓްރާންސްފަރ ސްލިޕް 7922021 ނަންބަރު ވައިބަރއަށް ނުވަތަ މިއިދާރާގެ އީމެއިލަށް ފޮނުއްވުން އެދެމެވެ.
  5. މމަޢުލޫމާތު ސާފުކުރުން: މި ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 30 ސެޕްޓެމްބަރު 2026 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާގެ އީމެއިލް [email protected]  އަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
  6. ޕްރީ-ބިޑް މީޓިންގ: މި ބީލަމުގެ ޕްރީ-ބިޑް ބައްދަލުވުން އޮންނާނީ 04 އޮކްޓޫބަރު 2026 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.
  7. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން: ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 15 އޮކްޓޫބަރު 2026 ވާ އަންގާރަ ދުވަހުގެ 13:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.

 

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ރަބީޢުލްއާޚިރު 1448ހ.

17 ސެޕްޓެމްބަރ 2026މ.

17 ސެޕްޓެންބަރު 2026
ހޯދާ