މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
ޑިރެކްޓަރ، ބިޒްނަސް ފެސިލިޓޭޝަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް،ޓްރާންސްޕޯޓް އެންޑް ޓްރޭޑް

 މާލެ، ދިވެހިރާއްޖެ

 

މަގާމް:

ޑިރެކްޓަރ، ބިޒްނަސް ފެސިލިޓޭޝަން

މަޤާމް ނަމްބަރު:

J-464691

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޕަބްލިކް ސަރވިސް ރޭންކް 9 - ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ބިޒްނަސް ފެސިލިޓޭޝަން ސެކްޝަން/ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް

މުސާރަ:

16,080/- ރުފިޔާ

މަޤާމުގެ އެލަވަންސް:

7,505/- ރުފިޔާ

ހާޒިރީ އިނާޔަތް:

ހާޒިރުވާ ދުވަހަކަށް 205/- ރުފިޔާ

އެހެނިހެން އެލެވަންސް:

  1. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (01 ނޮވެންބަރު 2025 އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ދިވެހިރާއްޖެއިން ބައިވެރިވާ ބައިލެޓަރަލް އެގްރީމަންޓްތަކުގައި، ދިވެހިރާއްޖެއަށް އެންމެ ފައިދާހުރި ގޮތަކަށް ނެގޯޝިއޭޓް ކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ބައިލެޓަރަލް ޓްރޭޑް ސްޓްރެޓެޖީ ތަރައްޤީކޮށް އެގްޒެކިއުޓް ކުރުން.
  • ޤައުމީ އިޤްތިސާދީ ތަރައްޤީގެ އަމާޒުތަކާ އެއްގޮތަށް ދިގު މުއްދަތުގެ ބައިލެޓަރަލް ވިޔަފާރި ރޯޑްމެޕް ހަދައި ތަންފީޒްކުރުން.
  • ދިވެހިރާއްޖޭގެ ވިޔަފާރި އާއި ބެހޭ ސިޔާސަތު ރިވިއުކުރުމުގެ މަސައްކަތުގައި އިސްރޯލެއް އަދާކުރުން.
  • އެފް.ޓީ.އޭ، ޕީ.ޓީ.އޭ، ސީ.އީ.ޕީ.އޭ، އައި.ޕީ.ޕީ.އޭ އަދި އެހެންހެން އިޤްތިޞާދީ އެއްބަސްވުންތައް ދިރާސާކޮށް، ޕޮޒިޝަން ޕޭޕަރސް ތައްޔާރު ކުރުން.
  • ވިޔަފާރީގެ ބައިވެރިންނާއެކު ކުރިޔަށްދާ އެފް.ޓީ.އޭ ތަކާއި، ޕްރިފަރެންޝަލް ޓްރޭޑިން އެއްބަސްވުންތަކާއި، އިންވެސްޓްމަންޓް ޕްރޮމޯޝަން އަދި ޕްރޮޓެކްޝަން އެއްބަސްވުންތަކުގެ މަޝްވަރާ ތަކުގައި މަގު ދެއްކުން.
  • ސަރުކާރުގެ މުހިންމު ޓްރޭޑް ޕާޓްނަރުންނާއެކު މީނިސްޓީރިއަލް ލެވެލްގެ ބައްދަލުވުން ބޭއްވުމާއި، ނެގޯޝިއޭޝަން ރާވައި ކުރިއަށް ގެންދިއުން.
  • ބައިލެޓަރަލް އަދި ރީޖަނަލް ޓްރޭޑް ބްލޮކްސް އާ ހައި-ލެވެލް ޑިޕްލޮމެޓިކް އެންގޭޖްމަންޓް މެނޭޖް ކުރުން. އިންޓަރނޭޝަނަލް ޓްރޭޑް ފޯރަމްތަކާއި ކޮންފަރެންސް ތަކުގައި މިނިސްޓްރީގެ ފަރާތުން ދިވެހިރާއްޖެ ތަމްސީލްކުރުމަށް ލީޑް ރޯލެއް ނަގާ މަސައްކަތްކުރުން.
  • މިނިސްޓްރީގެ ހައި-ލެވެލް އޮފިޝަލުންނަށް ޓްރޭޑް ރިލޭޓެޑް ސްޕީޗް، ސްޓޭޓްމަންޓް އަދި ޕްރެޒެންޓޭޝަން ތައްޔާރުކުރުން. މިނިސްޓްރީގެ ހައި-ލެވެލް އޮފިޝަލުންނަށް ބައިވެރިވާ އިންޓަރނޭޝަނަލް ކޮންފަރެންސް، ފޯރަމް އަދި ބައިލެޓަރަލް މީޓިންގތަކަށް، ޓޯކިންގ ޕޮއިންޓް ތައްޔާރުކުރުން.
  • ބައިލެޓަރަލް އަދި މަލްޓިލެޓަރަލް މީޓިންގތަކަށް ކޮމްޕްރިހެންސިވް ބްރީފިންގ މެޓީރިއަލް ތައްޔާރުކުރުން. ހައި-ލެވެލް ވިޒިޓްތަކަށް ލޮޖިސްޓިކް ކޯޑިނޭޝަން އަދި ޕްރޮޓޮކޯލް މެނޭޖްކުރުން. ޓްރޭޑް މިޝަން، ބިޒްނަސް ފޯރަމް އަދި އެކްސްޕޯޓް ޕްރޮމޯޝަން އިވެންޓް ޕްލޭނިންގ އަދި އިމްޕްލިމެންޓޭޝަން އަދާކުރުން. ފޮރިން ޑެލިގޭޝަން އާއި ޑިޕްލޮމެޓިކް މިޝަން ތަކުގެ ޕްރޮގްރާމް މެނޭޖްކުރުން.
  • ބައިނަލްއަޤްވާމީ، ސަރަޙައްދީ އަދި ބައިލެޓްރަލް އެއްބަސްވުންތަކާއި ބެހޭ ބައްދަލުވުންތަކުގައި ބައިވެރިވެ ރާއްޖެ ތަމްޞީލް ކުރުން އަދި މިނިސްޓްރީ އިން ބަލަހައްޓަންޖެހޭ ކަންތައްތަކަށް އަމަލު ކުރުމާއި، އެފަދަ އެއްބަސްވުމާ ގުޅޭ ކަންކަން މޮނިޓަރކޮށް ބެލެހެއްޓުން. ޓްރޭޑް އަދި އިންވެސްޓްމަންޓް ފެސިލިޓޭޝަންއާ ގުޅޭ ބައިނަލްއަގްވާމީ އެއްބަސްވުންތައް ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި، ހައްލު ކުރެވޭނެ ގޮތްތައް ދިރާސާކޮށް ދެނެގަތުން.
  • ދިވެހިރާއްޖޭން ބައިވެރިވާ ބައިނަލްއަގްވާމީ ވިޔަފާރިއާ ގުޅޭ ކަންކަމުގެ ލަފަޔާއި މައުލޫމާތު ސްޓޭކްހޯލްޑަރސްއަށް ފޯރުކޮށްދިނުން.
  • ދިވެހިރާއްޖޭގެ އެކްސްޕޯޓް ޑައިވަރސިފިކޭޝަން އަދި ވެލިއު އެޑިޝަން ސްޓްރެޓެޖީ ތަރައްޤީކުރުން. ދިވެހިރާއްޖެ އިން ސޮއިކުރެވިދާނެ އިތުރު ބައިނައަގްވާމީ އެއްބަސްވުންތަކާ ގުޅުންހުރި ދިރާސާ ކުރުން.
  • ދިވެހިރާއްޖެއިން ބައިވެރިވާ އެއްބަސްވުންތައް ތަންފީޡުކުރުމަށްޓަކައި، ރާއްޖޭގެ އެކްސްޕޯޓްސް އިތުރުކުރުމަށް ކުރަންޖެހޭ ދިރާސާތައްކުރުމާއި ފަންނީ، ގޮތުން ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުން.
  • ޓްރޭޑް އަދި އިންވެސްޓްމަންޓް ފެސިލިޓޭޝަންއާ ގުޅޭ ބައިނަލްއަގްވާމީ އެއްބަސްވުންތަކުގެ މަޝްވަރާތަކުގައި މަގުދެއްކުމާއި، އަދި ދިވެހިރާއްޖޭގެ ސިޔާސަތުތަކާ އެއްގޮތަށް ބައިނަލްއަގްވާމީ ކޮމިޓްމަންޓުތައް ހުރޭތޯ ޔަގީންކުރުން. އަދި މި މަޢުލޫމާތު ޕީ.އާރު/ މީޑިއާ ސެކްޝަނާ ގުޅިގެން މިނިސްޓްރީގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ފޯރުކޮށްދިނުން.

 

މަޤާމުގެ ޝަރުޠުތައް:

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ޑޮކްޓޯރަލް ޑިގްރީ ސަނަދެއް ހާސިލްކޮށްފައިވުން. އަދި މަގާމުގެ މަސައްކަތާ ގުޅުންހުރި ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށްފައިވުން

ނުވަތަ؛

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9ގެ މާސްޓަރސް ޑިގްރީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

ނުވަތަ؛

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން

 

ތަޢުލީމީ ރޮނގުތައް:

  • އެޕްލައިޑް އިކޮނޮމިކްސް  / އެޕްލައިޑް މެޝަރމަންޓް ސައިންސް  / ބިޒްނަސް  / ބިޒްނަސް އެޑްމިނިސްޓްރޭޝަން  / ބިޒްނަސް އެންޑް ކޮމްސިއުމަރ ސްޓަޑީޒް  / ބިޒްނަސް އިކޮނޮމިކްސް  / ބިޒްނަސް ލޯ  / ބިޒްނަސް މެނޭޖްމަންޓް  / ކެޕިޓަލް މާރކެޓްސް  / ކްލައިމެޓް ޗޭންޖް ފައިނޭންސް އެންޑް އިންވެސްޓްމަންޓް  / ކޮމާރސް  / ކޮމަރޝަލް ލޯ  / ކޮންސިއުމަރ އެކްސްޕީރިއަންސް މެނޭޖްމަންޓް  / ކޮންސިއުމަރ ސައިންސް  / ކޮންސިއުމަރ ސްޓަޑީޒް  / ކޯޕަރޭޓް ފައިނޭންސް އެންޑް އިންވެސްޓްމަންޓްސް  / ޑިވެލޮޕްމެންޓަލް އިކޮނޮމިކްސް  / އިކޮނޮމިކްސް  / އިކޮނޮމިކްސް އެންޑް ބިޒްނަސް  / އިކޮނޮމިކްސް އެންޑް ކޮމާރސް  / އިކޮނޮމިކްސް އެންޑް އިކޮނޮމެޓްރިކްސް  / އިކޮނޮމިކްސް އެންޑް ފައިނޭންސް  / އިކޮނޮމިކްސް އެންޑް އިންވެސްޓްމަންޓް  / އިކޮނޮމިކްސް އެންޑް ސްޓެޓިސްޓިކްސް  / ފައިނޭންސް  / ފައިނޭންސް އެނަލިސިސް އެންޑް އިންވެސްޓްމަންޓް މެނޭޖްމަންޓް  / ފައިނޭންސް އެންޑް އިންވެސްޓްމަންޓް  / ފައިނޭންސް އެންޑް އިންވެސްޓްމަންޓް ބޭންކިންގ   / ފައިނޭންސް އެންޑް އިންވެސްޓްމަންޓް މެނޭޖްމަންޓް  / ފައިނޭންޝަލް ކޮމްޕްލަޔަންސް އެންޑް ގަވަރނަންސް  / ފައިނޭންޝަލް އިކޮނޮމިކްސް  / ފައިނޭންޝަލް މާކެޓްސް  / ފައިނޭންޝަލް މާކެޓްސް އެންޑް ސަސްޓެއިނަބަލް އިންވެސްޓްމަންޓްސް  / ފޮރިން ޓްރޭޑް އެންޑް އިންޓަރނޭޝަނަލް މާކެޓިންގ  / ގްލޯބަލް ބިޒްނަސް މެނޭޖްމަންޓް  / ގްލޯބަލް ކޮމްޕެޓިޝަން އެންޑް ކޮންސިއުމަރ ލޯ  / ގްލޯބަލް އިކޮނޮމިކް އެފެއާޒް  / ގްލޯބަލް ޕަބްލިކް ޕޮލިސީ  / އިންޓަރނޭޝަނަލް ބޭންކިންގ އެންޑް އިންވެސްޓްމަންޓް  / އިންޓަނޭޝަނަލް ބިޒްނަސް  / އިންޓަނޭޝަނަލް ބިޒްނަސް އެންޑް ޓްރޭޑް  / އިންޓަރނޭޝަނަލް ބިޒްނަސް މެނޭޖްމަންޓް  / އިންޓަރނޭޝަނަލް ކޮމާރސް  / އިންޓަރނޭޝަނަލް އިކޮނޮމިކްސް   / އިންޓަރނޭޝަނަލް އިކޮނޮމިކްސް އެންޑް ޓްރޭޑް  / އިންޓަރނޭޝަނަލް ފައިނޭންސް  / އިންޓަރނޭޝަނަލް މެނޭޖްމަންޓް   / އިންޓަރނޭޝަނަލް މާކެޓްސް  / އިންޓަރނޭޝަނަލް ޕޮލިސީ  / އިންޓަނޭޝަނަލް ޓްރޭޑް  / އިންޓަނޭޝަނަލް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް  / އިންޓަނޭޝަނަލް ޓްރޭޑް އެންޑް އިކޮނޮމިކް ޑިޕްލޮމަސީ  / އިންޓަރނޭޝަނަލް ޓްރޭޑް އެންޑް އެންޓަރޕްރިނިއުޝިޕް  / އިންޓަރނޭޝަނަލް ޓްރޭޑް އެންޑް ފައިނޭންސް  / އިންޓަރނޭޝަނަލް ޓްރޭޑް އެންޑް އިންވެސްޓްމެންޓްސް  / އިންޓަނޭޝަނަލް ޓްރޭޑް ރިލޭޝަންސް  / އިންވެސްޓްމަންޓް  / އިންވެސްޓްމަންޓް އެނަލިސިސް  / އިންވެސްޓްމަންޓް އެންޑް ފައިނޭޝަލް ރިސްކް މެނޭޖްމަންޓް  / އިންވެސްޓްމަންޓް ބޭންކިންގ  / އިންވެސްޓްމަންޓް މެނޭޖްމަންޓް  / މާކެޓް ރިސަރޗް އެންޑް ކޮންސިއުމަރ ބިހޭވިއަރ  / މާކެޓިންގ އެންޑް ކޮންސިއުމަރ ސްޓަޑީޒް  / މެޝަރމަންޓް ސައިންސް  / މެޓްރޮލޮޖީ  / މެޓްރޮލޮޖީ ސްޓޭންޑަޑައިޒޭޝަން އެންޑް ޕްރޮޑަކްޓް ކޮލިޓީ މެނޭޖްމަންޓް  / މެޓްރޮލޮޖީ އެންޑް މެޝަރމަންޓް ޓެކްނޯލޮޖީ  / މެޓްރޮލޮޖީ އެންޑް ސްޓޭންޑަޑައިޒޭންޝަން  / މަނިޓަރީ އެންޑް ފައިނެޝިއަލް އޮކޮނޮމިކްސް  / ޕޭޓަންޓް އެންޑް އިންޓަލެކްޗުއަލް ޕްރޮޕަޓީ ލޯ  / ޕޮލިސީ އިކޮނޮމިކްސް  / ޕަބްލިކް އިކޮނޮމިކްސް  / ރިއަލް ސްޓޭޓް އިންވެސްޓްމަންޓްސް  / ރިސްކް އެންޑް އިންވެސްޓްމަންޓް މެނޭޖްމަންޓް  / ޓްރޭޑް އެންޑް ކޮންސިއުމަރ މާކެޓިންގ / ޓްރޭޑިންގ އެންޑް އިންވެސްޓިންގ  / ވެލްތް މެނޭޖްމަންޓް 

 

މަސައްކަތުގެ ދާއިރާ:

  • ވިޔަފާރިއާއި އިންވެސްޓްމަންޓްއާ ގުޅުންހުރި އުސޫލުތަކާއި ސްޓްރެޓިޖީތައް އެކުލަވާލުމާއި ތަންފީޒުކުރުމުގެ މެނޭޖީރިއަލް މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް (11 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ފޮނުއްވާނަމަ [email protected] އަށް އީ-މެއިލް ކުރުން އެދެމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

- މިމަޤާމަށް  މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިމްތިޙާން އޮންނާނީ، 2026 ވަނަ އަހަރުގެ ސެޕްޓެމްބަރ ނުވަތަ  އޮކްޓޯބަރ މަހުގެ ތެރޭގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް ގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  9603323668+ އަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ. ވަޒީފާއަށް އެދި އީމެއިލްމެދުވެރިކޮށް ހުށަހަޅާނަމަ، ހުށަހަޅާނީ ހުރިހާ ލިޔެކިޔުންތަކެއް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލްއެކެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު"   (https://www.csc.gov.mv/Policy/Index/51އިން ލިބެން ހުންނާނެއެވެ.

 

17 ސެޕްޓެންބަރު 2026
ހޯދާ