ފުލިދޫ މެޖިސްޓްރޭޓް ކޯޓް، ވ.ފުލިދޫ
ދިވެހިރާއްޖެ
ވ. ފުލިދޫ މެޖިސްޓްރޭޓްކޯޓުގައި ދިދަ ދަނޑިހެދުމާއި، ދިދަ ޕޯސްޓުހެދުމުގެ މަސައްކަތް(2 ވަނަ އިޢުލާން):

 

ވ. ފުލިދޫ މެޖިސްޓްރޭޓްކޯޓުގައި ދިދަ ދަނޑިހެދުމާއި، ދިދަ ޕޯސްޓުހެދުމުގެ މަސައްކަތް(2 ވަނަ އިޢުލާން):

         މި ކޯޓުން ފޯރުކޮށްދޭ މަޢްލޫމާތާއި ކުރެހުމާއި އެއްގޮތަށް މި ކޯޓުގެ ދިދަ ޕޯސްޓް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކޯޓުގެ ނަންބަރު: 617-A/2026/5 (15 ސެޕްޓެމްބަރ 2026) އިޢުލާނަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ، އެފަދަ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

 

         މަޢްލޫމާތު ސާފުކޮށްދިނުން 22 ސެޕްޓެމްބަރު 2026 ވާ އަންގާރަ ދުވަހުގެ 11:00ގައި މި ކޯޓުގައި އޮންނާނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާނަމަ އެކަމަށް އެދޭ ފޯމު އީމެއިލް ކުރާނީ 22 ސެޕްޓެމްބަރު 2026 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން [email protected]  އަށެވެ.

         ބީލަން ހުށަހަޅާނީ 27 ސެޕްޓެމްބަރު 2026 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި ކޯޓަށެވެ.

         މި މަސައްކަތުގެ މަޢްލޫމާތު ޝީޓާއި އަންދާސީ ހިސާބު ހުށަހަޅާފޯމު އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފޯމް އިޢްލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

         ބީލަން ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ ބީލަމާއި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

17 ސެޕްޓެންބަރު 2026
ހޯދާ