ދިވެހިރާއްޖެ
ލ. ގަމުން ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކޮށް ކުރާނެ ކޮމެޓީއެއް އެކުލަވާލުމާގުޅޭ
ލ.ގަމުން 3000 އަކަފޫޓުގެ 108 ގޯއްޗާއި 2000 އަކަފޫޓުގެ 68 ގޯތި ދޫކުރުމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުއްދަ ދެއްވާފައިވާތީ، އެގޯތިތައް ދޫކުރުމުގެ މަސައްކަތް ވިލަރެސްކޮށް ބަލަހައްޓާނެ ކޮމިޓީއެއް އެކުލަވާލައި އެކޮމިޓީގެ މަސައްކަތް ހިންގާނެ ގޮތުގެ އުޞޫލެއް، ގަމު ކައުންސިލްގެ ފަސްވަނަ ދައުރު، 2026 ވަނަ އަހަރުގެ 12 ވަނަ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ. އަދި މިކޮމެޓީގެ މެމްބަރުންގެ ތެރޭގައި އާންމު ރައްޔިތުން ތަމްސީލުކުރާ 2 މެމްބަރާއި ކުލަބް ޖަމިއްޔާތައް ތަމްސީލުކުރާނެ 1 މެމްބަރު ނެގުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. މެމްބަރުންގެ ގޮތުގައި ނަގާނީ މިއިއުލާނުގައި ބަޔާންކޮށްފައިވާ ޝަރުތުތަށް ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ކައުންސިލުން ނިންމާ 03 ފަރާތަކަށެވެ.
މެމްބަރުކަމުގައި ކުރިމަތުލާ ފަރާތްތަކުގެ ޝަރުތުތައް:
- ސިޔާސީ ޕާޓީއެއްގެ މަގާމެއް އަދާކުރާ ފަރާތަކަށް ނުވުން.
- އެއްވެސް ބާވަތެއްގެ ހިޔާނަތުގެ މައްސަލައެއް ތަހުޤީގުކުރެވި އިދާރީ ފިޔަވަޅެއް އެޅިފައިނުވުން. އަދި އެފަދަ މައްސަލައެއް ޝަރީއަތަށް ސާބިތުވެފައިވާ ފަރާތަކަށް ނުވުން.
- މުއައްސަސާއެށް ތަމްސީލުކުރާ ފަރާތަކަށް ނުވުން.
- ލ.ގަމުގެ ރައްވެއްސަކަށްވުން.
- ލ.ގަމުން ގޯތި ލިބިފައިވާ ފަރާތަކަށްވުން.
- އިސްވެ ދެންނެވުނު ޝަރުތަތަކުގެ އިތުރުން އާންމު ރައްޔިތުން ތަމްސީލުކުރާ މެމްބަރެއް ނެގުމުގައި ތަޢުލީމީ ފެންވަރަށްވެސް ބެލިގެން ދާނެއެވެ.
ވީމާ ލ.ގަމުން ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީގެ އާންމު ރައްޔިތުން ތަމްސީލުކުރާ މެމްބަރުކަމަށް ކުރިމަތުލުމަށް ޝައުގުވެރިވާ ފަރާތްތައް 24 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިޢުލާނުގައިވާ ގޫގަލް ފޯމު ފުރިހަމަ ކުރެއްވުން އެދެމެވެ.
ފޯމު ލިންކް:
17 ސެޕްޓެމްބަރ 2026 މ
