ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓެންޓް މެޑިކަލް ރިކޯޑްސް އޮފިސަރ

 

 

 

ނަންބަރު: HMH | IUL | 2026 |  187

ވަޒީފާގެ ފުރުޞަތު

 

މަޤާމު

އެސިސްޓެންޓް މެޑިކަލް ރިކޯޑްސް އޮފިސަރ

މަޤާމުގެ ނަންބަރު

J-454595

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމްގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޕަބްލިކް ސަރވިސް ރޭންކް 4 - ސްޓެޕް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

ހުޅުމާލެ ހޮސްޕިޓަލް، މެޑިކަލް ރިކޯޑްސް ޑިޕާޓްމެންޓް

މުސާރަ

މަހަކު -/8,515 ރުފިޔާ  (މަހަކު)

މަގާމުގެ އެލެވަންސް:

މަހަކު -/2,555 ރުފިޔާ (މަހަކު)

ޙާޟިރީ އިނާޔަތް:

-/69 ރުފިޔާ (މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް ( 01 މެއި 2023 އިސްލާހާއި އެއްގޮތަށް ) އިތުރު ގަޑީގެ  ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ކޮންމެދުވަހަކު އޯޕީޑީގައި ބައްލަވާ ބަލިމީހުންގެ އަދަދު އަންހެން ފިރިހެން ވަކިން އެނގޭނެގޮތަށް ރިޕޯޓް ތައްޔާރުކުރުމާއެކު  ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް އަންނަ ބަލި މީހުންގެ ތެރެއިން ރިޕޯޓް ކުރެވޭ ނުރައްކާތެރި ބަލިބައްޔާ ނޯޓިފައިބަލް ޑިޒީސްއާއި ބެހޭ މަޢުލޫމާތު (ޑެއިލީ ސަރވެލަންސް/ އެކަމާއި ގުޅުން ހުރި ރިޕޯޓްތައް ) ތައްޔާރުކުރުމަށްފަހު ކޮންމެ ދުވަހެއްގެ 12:30 ގެ ކުރިން ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށާއި ޕަބްލިކް ހެލްތް ޔުނިޓަށް ފޮނުވުން.
  2.  ހޮސްޕިޓަލުން ފަރުވާ ހޯދުމަށް އަންނަ ބަލި މީހުންގެ ޑެއިލީ ސްޓެޓިސްޓިކް ( ޖިންސް ވަކިން )  މެޑިކަލް ރެކޯޑްސް ގައި ގެންގުޅޭ އެކްސެލް އޯ ޕީ ޑީ ޝީޓަށާއި DHIS2 އެންޓަރކުރުން 
  3.  ހޮސްޕިޓަލުން ފަރުވާ ހޯދުމަށް އަންނަ ބަލި މީހުންގެ ތެރެއިން ER,DR,MEDICAL CHECKUP ,ANC,PNC,FP,WWC, ދައްކާމީހުންގެ ސްޓެޓިސްޓިކް ތައްޔާރުކުރުން.
  4. އެމް އާރ ޑީ އަށް ލިބޭ ހުރިހާ ޑޮކިއުމަންޓްތަކެއްގެ އެންޓްރީ ބަލަހައްޓާ/ އޭގެން އެއްވެސް ޑޮކިއުމަންޓެއް ހޯދަން ޖެހިއްޖެ ހަލަތެއްގއި ފަސޭހައިން ފެންނާނެހެން ބަލަހަށްޓާ އާރކައިވްކޮށް ބެލެހެއްޓުން.
  5. ޑޮކްޓަރުން ކޮންމެދުވަހަކު އެޑްމިޓްކޮށްގެން ބައްލަވާ ބަލިމީހުންގެ އަދަދު އަންހެން ފިރިހެން ވަކިން އެނގޭނެގޮތަށް ރިޕޯޓް ތައްޔާރުކުރުން .
  6.  ހޮސްޕިޓަލުން ފަރުވާ ހޯދުމަށް އަންނަ ބަލި މީހުންނަށް އެކި އެކި ޑިޕާޓްމަންޓްތަކުން ދެވޭ ޙިދުމަތްތަކުގެ ޑެއިލީ އެކްޓިވިޓީ ޝީޓް ( ޖިންސް ވަކިން )ނެގުމަށްފަހު މަންތްލީ ޝީޓަށް އެންޓަރކުރުން
  7. އެންޖަރީ ސަރވެލަންސް ރިޕޯޓް ތައްޔާރުކޮށް  މިނިސްޓްރީއަށް ފޮނުވުން ( 3 މަހުން) އަދި އެންޖަރީ ފޯމްތައް ފައިލްކޮށް ބެލެހެއްޓުން
  8.  މެޑިކަލްރެކޯޑްސް އަށް ލިބޭ ޕްރިސްކްރިޕްޝަންތައް ސްކޭންކޮށް،އީ އާރ ޕްރިސްކްރިޕްޝަން، އޮބްޒަވޭޝަން ޝީޓްސް އަދި ޑައިލިސަސް ޝީޓްތަކުގެ އެންޓްރީ ބަލަހައްޓާ އާކައިވްކޮށް ބެލެހެއްޓުން.
  9.  މެޑިކަލް ރިކޯޑްސްއާއި ގުޅުން ހުރި ކަންކަމުގައި ހޮސްޕިޓަލުގެ އެކިއެކި ސެކްޝަންތަކުންނާއި، މުވައްސަސާތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން އެދޭ ލިޔެކިޔުންތަށް ހޯދައި އެފަރާތްތަކަށް ހަވާލުކުރުން
  10. ހޮސްޕިޓަލުގައި ވިހާ އަދި މަރުވާ  މީހުންގެ މައުލޫމާތުތައް ރެކޯޑް ކުރެވި މިނިސްޓްރީން ދީފައިވާ ފޯމެޓާއި އެއްގޮތަށް ރިޕޯޓް ތައްޔާރު ކުރުމަށްފަހު،ސްކޭން ކޮޕީއާއި އެކު ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުގެ އިތުރުން ސިޓީ ކައުންސިލް އަށް ފޮނުވުން އަދި ކޮޕީތައް ނަންބަރު ތަރުތީބުން ފައިލް ކުރުން.
  11.  ދީފައިވާ ފޯމެޓާއި އެއްގޮތަށް ރިޕޯޓްތައްޔާރު ކުރުމަށްފަހު ކޮންމެ މަހެއްގެ 10 ގެ ކުރިން ފޮނުވަންޖެހޭތަންތަނަށް ފޮނުވުން. / ޕޯޓަލް މެދުވެރިކޮށް އަޅަން ޖެހޭއެއްޗެހި ކަޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެޅުން.( DHIS2, BIRTH DEFECT FORMS, DEATH FORMS, )
  12.   މެޑިކޯ ލީގަލް ރިޕޯޓް ފޯމް ލިބުމުން ފޯމްގައި ހުންނަންވާ ހުރިހާ މައުލޫމާތެއް ހުރިތޯ ބަލާ މައުލޫމާތުތައް ހަމައަށް ހުރިނަމަ އެންޓްރީކުރުމަށްފަހު ފައިލް ކުރުން އަދި މައުލޫމާތު ހަމަ ނޫންނަމަ މައުލޫމާތު ތައް ފުރިހަމަ ކުރުމަށްޓަކައި  ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައިގެން މައުލޫމާތުތައް ހަމަކޮށް އަލުންއަބުރާ އެލިޔުންތައް ހޯދުން.
  13.  ޑޮކްޓަރަށް ދެއްކުމަށް އަންނަ ބަލިމީހުންނާއި އެޑްމިޓްކޮށްގެން ފަރުވާދެވޭ ބަލިމީހުންގެ މަޢުލޫމާތުތައް އައި.ސީ.ޑީ (އިންޓަރނޭޝަނަލް ކްލެސިފިކޭޝަން އޮފް ޑިސީސަސް) އާއި އެއްގޮތަށް ކޯޑްކޮށް ކޮންމެ މަހެއް ނިމުމުން މިނިސްޓްރީއަށް ފޮނުވުން. , އަދި MRD އަށް އަންނަ ހުރިހާ IP ފޯލްޑަރތައް ސްކޭން ކޮށް އާކައިވް ކުރުން.

މަގާމުގެ ޝަރުޠުތައް

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓު 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓެއް ހާސިލްކޮށްފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް

  1. އިންފޮމެޓިކްސް
  2. އިންފޮމޭޝަން މެނޭޖްމެންޓް

މަގާމުގެ ތަޢުލީމީ ރޮނގުތައް

މަގާމުގެ ތައުލީމީ ރޮނގުތައް:

  1. އެޕްލައިޑް މެތަމެޓިކްސް  
  2. ކްލިނިކަލް ކޯޑިންގ  
  3. ޑޭޓާ ސައިންސް  
  4. ޑިޖިޓަލް ހެލްތް ސިސްޓަމްސް  
  5. ހެލްތް ޑޭޓާ ސައިންސް  
  6. ހެލްތު އިންފޮމެޓިކްސް  
  7. ހެލްތް އިންފޮމޭޝަން އެންޑް ރިސަރޗް  
  8. ހެލްތް އިންފޮމޭޝަން މެނޭޖްމަންޓް  
  9. ހެލްތް ރިސަރޗް  
  10. ހެލްތް ސަރވިސަސް އެޑްމިނިސްޓްރޭޝަން  
  11. ހެލްތް ސަރވިސަސް މެނޭޖްމަންޓް  
  12. ހެލްތު ސްޓެޓިސްޓިކްސް  
  13. ހޮސްޕިޓަލް އެޑްމިނިސްޓްރޭޝަން  
  14. ހޮސްޕިޓަލް އިންފޮމޭޝަން މެނޭޖްމަންޓް  
  15. ހޮސްޕިޓަލް މެނޭޖްމަންޓް  
  16. އިންފޮމޭޓިކްސް  
  17. އިންފޮމޭޝަން މެނޭޖްމަންޓް  
  18. މެޑިކަލް ކޯޑިންގ  
  19. މެޑިކަލް ރިކޯޑްސް މެނޭޖްމަންޓް  
  20. މެޑިކަލް ސްޓެޓިސްޓިކްސް  
  21. ނަރސިންގ އިންފޮރމެޓިކްސް  
  22. ޕަބްލިކް ހެލްތު މެނޭޖްމަންޓް  
  23. ސްޓެޓިސްޓިކްސް 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ،ގެޒެޓުން ޑައުންލޯޑްކުރެވެން ހުންނާއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ: ސެޓްފިކެޓް ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ، މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭ ގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަން ނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް  (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮ ށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ%60  (ފަސްދޮޅަސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ސެޕްޓެމްބަރު 2026 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާ އަށެވެ. މެއިލްކުރައްވާނީjobs@hmh.gov.mv   އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު،ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު، އަދި އިމްތިޙާނު އޮންނާނީ، 26 ސެޕްޓެމްބަރު 2026 އާއި 15 އޮކްޓޯބަރު 2026  އާ ދެމެދު، ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މިހޮސްޕިޓަލުގެ ވެބްސައިޓްގައި އަދި ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ހޮސްޕިޓަލަށް ހުށަހަޅަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350118 ނަންބަރު ފޯނަށް    ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ.  އީ-މެއިލް ކުރާނީ   [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

 

 

17 ސެޕްޓެންބަރު 2026
ހޯދާ