މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

  ނަންބަރ: MTCC-HRD/IU/2026/0527

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ މުވައްޒަފުން ބޭނުންވެއެވެ.

ސީނިއަރ ބިޒިނަސް ޑެވެލޮޕްމެންޓް އޮފިސަރ

ވަޒިފާ އަދާކުރަންޖެހޭ ތަން:

ޓްރެއިނިންގް އެންޑް ސްޓްރެޓެޖިކް ޑެވެލޮޕްމެންޓް ޑިވިޜަން – ހެންވޭރު ފެރީ ޓަރމިނަލް

އަދަދު

01

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް

(މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ)

  • 11،690ރ
  • މަގާމާއި ގުޅޭ ދާއިރާއަކުން ޑިގްރީ ޙާސިލްކޮށްފައި ވާނަމަ މަހަކު 2،500ރ ނުވަތަ މަގާމާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ޙާސިލްކޮށްފައި ވާނަމަ މަހަކު 1،500ރ
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ
  • ސްޓާފް މެޑިކަލް އިންޝުއަރެންސް
  • ޕެންޝަން ސްކީމް

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 5 ދުވަހު – ދުވާލަކު 8 ގަޑި އިރު

ޝަރުޠު

  • މަގާމާ ގުޅޭދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވުމާއިއެކު މަގާމާ  ގުޅުންހުރި ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ؛
  • މަގާމާ ގުޅޭދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު މަގާމާ ގުޅުންހުރި ދާއިރާއަކުން  3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
  • އޭލަވަލް 2 މާއްދާއިން ފާސްވެފައިވުން ނުވަތަ މަގާމާ ގުޅޭ ދާއިރާއަކުން އެމްއެންކިއުއެފް ލެވަލް 4 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއެކު މަގާމާ ގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/ އިން ފެންނަން ހުންނާނެއެވެ.

މެރިން މެކޭނިކް

ވަޒިފާ އަދާކުރަންޖެހޭ ތަން:

އިންޖިނިއަރިން އެންޑް ރިޕެއަރ ޑިވިޜަން – މ. މުލި 

އަދަދު

01

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް

(މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ)       

  • 14،800ރ
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ
  • ސްޓާފް މެޑިކަލް އިންޝުއަރެންސް
  • ޕެންޝަން ސްކީމް

ރަސްމީ މަސައްކަތު ގަޑި

  • ހަފްތާއަކު 6 ދުވަހު – ދުވާލަކު 8 ގަޑި އިރު

ޝަރުޠު

  • މަގާމާއި ގުޅޭ ދާއިރާއަކުން ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ
  • މަގާމާއި ގުޅުން ހުރި ދާއިރާއަކުން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ޓާރމްސް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/ އިން ފެންނަން ހުންނާނެއެވެ.

އެޑްމިނިސްޓްރޭޓިވް ސްޕެޝަލިސްޓް

ވަޒިފާ އަދާކުރަންޖެހޭ ތަން:

ޓްރެއިނިންގ އެންޑް ސްޓްރެޓެޖިކް ޑެވެލޮޕްމެންޓް ޑިވިޜަން – ހެންވެއިރު ފެރީ ޓާމިނަލް

އަދަދު

01

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް

(މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ)

  • 12،940ރ
  • މަގާމާ ގުޅޭ ދާއިރާއަކުން ޑިގްރީ ޙާސިލްކޮށްފައި ވާނަމަ މަހަކު 2،500ރ ނުވަތަ މަގާމާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ޙާސިލްކޮށްފައި ވާނަމަ މަހަކު 1،500ރ
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ
  • ސްޓާފް މެޑިކަލް އިންޝުއަރެންސް
  • ޕެންޝަން ސްކީމް

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 5 ދުވަހު – ދުވާލަކު 8 ގަޑި އިރު

ޝަރުޠު

  • މަގާމާ ގުޅޭދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވުމާއެކު މަގާމާ  ގުޅުންހުރި ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ؛
  • މަގާމާ ގުޅޭދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު މަގާމާ ގުޅުންހުރި ދާއިރާއަކުން  3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
  • އޭލަވަލް 02 މާއްދާއިން ފާސްވެފައިވުން / މަގާމާ ގުޅޭ ދާއިރާއަކުން އެމްއެންކިއުއެފް ލެވަލް 04 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއެކު މަގާމާ ގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/ އިން ފެންނަން ހުންނާނެއެވެ.

ވީމާ, މިމަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 2026 ސެޕްޓެމްބަރ 30 ވަނަ ދުވަހުގެ 23:59 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

މިމަޤާމަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން  2026 އޮކްޓޯބަރ 01 އިން  2026 އޮކްޓޯބަރ 10 އާ ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

 

ވެބްސައިޓް:  

 https://mtcc.mv/careers/

ފޯން: 

1650

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.
17 ސެޕްޓެންބަރު 2026
ހޯދާ