ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

2

ވަޒީފާ އަދާކުރާ އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް:

މާކެޓިންގ ޑިޕާޓްމަންޓް

ގްރޭޑް:

 4

ސްޕައިން ޕޮއިންޓް:

20

މުސާރަ:

މަހަކު 6,330.97 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  2,713.27ރުފިޔާ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ކޮންޓްރެކްޓް މުއްދަތު:

 1 އަހަރު

އިނާޔަޔްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
  • ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
  • ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
  • ސްޓާފް ޖިމް ފެސިލިޓީ
  • ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތު:

  • ގްރޭޑް 12 ނިންމާފައިވުން. ނުވަތަ
  • ގްރޭޑް 10 ނިންމާފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޑިޒައިން އަދި އެޑިޓިންގ ސޮފްޓްވެއަރ (އެޑޯބް ކްރިއޭޓިވް ސުއިޓް ނުވަތަ އެފަދަ ސޮފްޓްވެއަރ) ބޭނުންކުރަން އެނގުން.
  2.  ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީގެ އަސާސީ ހުނަރުތައް އެނގިފައިވުން.
  3.  މުވާސަލާތުކުރުމުގެ ހުނަރު ރަނގަޅުވުމާއެކު، އަމިއްލައަށް އަދި ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.
  4.  އަނގަބަހުންނާއި ލިޔުމުން މުވާސަލާތުކުރުމުގެ ހުނަރު ވަރަށް ރަނގަޅަށް ލިބިފައިވުން.
  5.  މާކެޓިންގ އުސޫލުތަކާ ބެހޭ ރަނގަޅު ފަހުމެއް ހުރުން.
  6.  އެހެން މީހުންނާއެކު މަސައްކަތްކުރުމުގެ ރޫހު ހުރި، އަދި ގުޅިގެން މަސައްކަތް ކުރަން އެގުން
  7. ޕޯސްޓަރު، ސޯޝަލް މީޑިއާ ގްރެފިކްސް، ބެނަރ އަދި ބްރޯޝަރު ފަދަ އުފެއްދުންތެރި ކޮންޓެންޓް ތައްޔާރުކުރުމުގައި އެހީތެރިވުން.
  8. އިވެންޓްތަކާއި، ފޮޓޯ ނެގުމުގެ މަސައްކަތްތަކާއި، ދުވަހުން ދުވަހަށް ހިނގާ ޙަރަކާތްތަކުގައި ފޮޓޯ ނެގުމުގައި ޓީމަށް އެހީތެރިވެދިނުން.
  9. ޕްރޮފެޝަނަލް އެޑިޓިންގ ސޮފްޓްވެއަރ ބޭނުންކޮށްގެން ފޮޓޯ އަދި ވީޑިއޯ އެޑިޓްކުރުން.
  10. ޕްރޮމޯޝަނަލް، ޑޮކިއުމެންޓަރީ އަދި ވީޑިއޯތައް ފިލްމުކުރުމާއި ޕޯސްޓް-ޕްރޮޑަކްޝަންގެ މަސައްކަތްތަކުގައި ބައިވެރިވުން.
  11. ޑިޖިޓަލް ކޮންޓެންޓް ލައިބްރަރީތައް ބެލެހެއްޓުމާއި އިންތިޒާމު ކުރުމުގައި އެހީތެރިވުން.
  12.  ވިޝުއަލް ސްޓޯރީޓެލިންގ މެދުވެރިކޮށް މާކެޓިންގ ކެމްޕޭންތައް ރޭވުމާއި ހިންގުމުގައި އެހީތެރިވުން.
  13. ނޯޓު: ކުރިން ކޮށްފައިވާ މަސައްކަތްތަކުގެ ޕޯޓްފޯލިއޯއެއް ވާނަމަ ހުށެހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2026 ސެޕްޓެންބަރު 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/mnuhr-2026-217

ނޯޓް:

 

  • ވަޒީފާއަށް ކުރިމަތިލާ ފަރާތަށް ފޮނުވަންޖެހޭ ރަސްމީ އެންމެހައި ލިޔުންތަކާއި ކުރެވޭ ރަސްމީ މުޢާމަލާތުތައް ފޮނުވޭނީ ފޯމުގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
    • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

 

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345142 ނަންބަރު ފޯނަށެވެ.
17 ސެޕްޓެންބަރު 2026
ހޯދާ