ދިވެހިރާއްޖެ
ހއ ދިއްދޫ ދެކުނު ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމްގައި ހުރި މި ކައުންސިލްގެ ވައިލެޓް 24 އެވެ ކިޔާ ޢިމާރާތެއް 5 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އިޢުލާނު ކުރަމެވެ.
- 1. ކުއްޔަށް ދޫކުރެވޭ ޢިމާރާތްތަކުގެ ތަފްޞީލު
|
ޢިމާރާތުގެ ނަން |
ޖުމްލަ އަކަފޫޓް |
ޢިމާރާތް ހުރިތަން |
|
ވައިލެޓް 24 |
377.89 |
ދެކުނު ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމްގައި |
- 2. ޢިމާރާތްތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތް
(ހ) މި ޢިމާރާތްތައް ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނީ " ހއ ދިއްދޫ އިން ޢިމާރާތް ކުއްޔަށް ދޫކުރުމަށްޓަކައި، ހއ ދިއްދޫ ކައުންސިލުން ޢަމާލުކުރާނެ ގޮތް ބަޔާންކުރާ މަޢުލޫމާތު ކަރުދާސް" އާ އެއްގޮތަށެވެ.
(ށ) ބިޑް ފޮތް ވިއްކުން: 17 ސެޕްޓެމްބަރ 2026 އިން ފެށިގެން 27 ސެޕްޓެމްބަރ 2026 އަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް މި އިދާރާގެ ރިސެޕްޝަނުން ބިޑް ފޮތް ވިއްކާނެއެވެ. ބިޑް ފޮތެއްގެ އަގަކީ -/100 (އެއްސަތޭކަ) ރުފިޔާއެވެ.
(ނ) ބީލަންފޮތް ބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން ފައިސާ ޖަމާކުރާނީ މި އިދާރާގެ 001 700364 7714 (Revenue 1) އެކައުންޓަށެވެ. ފައިސާ ޖަމާކުރި ސްލިޕް ވައިބަރ ކުރައްވާނީ 9197563 ނަންބަރަށެވެ. ފައިސާ ޖަމާކުރައްވާއިރު ސްލިޕްގެ ރިމާކްސްގައި ކުއްޔަށްހިފަންއެދޭ ޢިމާރާތުގެ ނަން ލިޔަންވާނެއެވެ.
(ރ) ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 17 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 އިން ފެށިގެން 26 ސެޕްޓެމްބަރ 2026 ވާ ހޮނިހިރު ދުވަހުގެ 12:00 އާއި ދެމެދު މި ކައުންސިލްގެ މެއިލްއަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ބީލަމުގައި ނަގަން ބޭނުންވާ ޢިމާރާތް ބަލަން ބޭނުންވާ ފަރާތްތަކުން 27 ސެޕްޓެންބަރު 2026 ވާ އާދީއްތަ ދުވަހުގެ 10:30 ގައި ދިއްދޫ ދެކުނު ފުޓްބޯޅަ ދަނޑުގެ ރޮސްޓަމް ސަރަހައްދަށް ދިއުމުން ޢިމާރާތް ބެލުމުގެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.
(ބ) ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 30 ސެޕްޓެންބަރު 2026 ވާ ބުދަ ދުވަހުގެ 10:30 ގައި މިކައުންސިލްގެ އިދާރާ ގައެވެ. އަދި ބީލަންތައް ބަލައިގަންނާނީ ބީލަން ހުށަހަޅާފަރާތްތައް ނުވަތަ ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި ދުރުވާ ފަރާތްތަކުގެ ހާޟިރުގައެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ. އަދި މި އިޢުލާނުގައި ބުނެފައިވާ ޢިމާރާތްތައް ކުއްޔަށް ދޫކުރުމުގެ ގޮތުން މި އިދާރާއިން ޢަމަލުކުރާނެ ގޮތުގެ މަޢުލޫމާތު ކަރުދާހާއި އަދި އެ ޢިމާރާތްތައް ހުންނަ ތަން އެނގޭނެ ޗާޓް، މި އިޢުލާނާއިއެކު އާންމު ކުރީމެވެ.
