ދިވެހިރާއްޖެ
|
އިޢުލާން |
|||||||||||||
|
މަޤާމު: |
ހައުސް ކީޕަރ، ގްރޭޑް 1 |
||||||||||||
|
ބޭނުންވާ އަދަދު: |
01 |
||||||||||||
|
މަޤާމުގެ ގިންތި: |
ދާއިމީ |
||||||||||||
|
މަޤާމުގެ ރޭންކު: |
ޕަބްލިކް ސަރވިސް ރޭންކް 1 |
||||||||||||
|
މަޤާމުގެ ކްލެސިފިކޭޝަން: |
ޖުޑީޝަލް ސަޕޯޓް ވޯކަރުން |
||||||||||||
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓް |
||||||||||||
|
މުސާރަ: |
-/7700 ރުފިޔާ |
||||||||||||
|
އެހެނިހެން އެލަވަންސް:
|
|
||||||||||||
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
1- ރަސްމީ ކޮންމެ ދުވަހަކު ކޯޓަށް ޙާޟިރުވުމާއެކު ކޯޓުގެ ޢިމާރާތުގެ އެތެރެ ކުނިކަހައި ސާފުކޮށް މޮޕްލުން. 2- ފާޚާނާތައް ދޮވެ ސާފުކުރުމާއި، ފާޚާނާއަށް ބޭނުންވާ ސާމާނު ހަމައަށް ކުރިތޯ ކޮންމެ ދުވަހަކު ބަލާ ޗެކްކުރުން. 3- ކޯޓުގެ ކޮމްޕިއުޓަރާއި ޕްރިންޓަރު ފަދަ އިލެކްޓްރޯނިކް ވަސީލަތްތަކުގެ ހިރަފުސް ފޮޅައި، ސާފުކޮށް ބެލެހެއްޓުން. 4- ކޯޓުން އެކިއެކި ފަރާތްތަކަށް ފޮނުވާ ލިޔެކިޔުންތަކާއި އަމުރުތައް އެފަރާތްތަކަށް ރައްދުކުރުން. 5- ކޯޓުގެ ގޯތިތެރެ ކޮންމެ ދުވަހަކު ކުނިކަހައި، ވިނަ ނޮޅާ ސާފުކުރުމާއި، ޑަސްބިންތައް ހުސްކުރުން. 6- ކޯޓުގެ ޢިމާރާތުގައިވާ ފަރުނީޗަރުތަކާއި ހިފާގެންގުޅޭ ތަކެއްޗާއި، ދޮރާއި ދޮރުފަތްތަކާއި ފެންލައިޓްތަކާއި، ފާރުތަކާއި ސީލިންގްތަކާއި ފަންކާތަކާއި، އެއަރކޮންޑިޝަން ފަދަ ތަކެތި ސާފުކޮށް ބެލެހެއްޓުން. 7- ކޯޓުން މާލެ ނުވަތަ އެހެން ރަށަކަށް ފޮނުވާތަކެތި، ބަނދަރަށް ގެންގޮސް ދޯންޏަށް ނުވަތަ ލޯންޗަށް އެރުވުމާއި، މާލެއިން ނުވަތަ އެހެން ރަށަކުން ކޯޓަށް ފޮނުވާތަކެތި، ދޯނިން ނުވަތަ ލޯންޗުން ނަގައިގެން ކޯޓަށް ގެނައުން. 8- ކޯޓުން ސަރުކާރުގެ އިދާރާތަކަށާއި، އެހެނިހެން ފަރާތްތަކާ ޙަވާލުކުރަންޖެހޭ ސިޓީ އާއި ލިޔުން އަދި އެހެނިހެން ތަކެތި ޙަވާލުކުރުން. 9- ކޯޓަށް ބޭނުންވާ ތަކެތި ހޯދުމުގައި، ކަމާބެހޭ މުވައްޒަފު އަންގާ ގޮތެއްގެ މަތީން ފިހާރަތަކަށް ގޮސް ތަކެތީގެ އަގުބަލައި ދިނުން. 10- ކޯޓަށް ބޭނުންވާ ތަކެތި، ޕާޗެސް އޯޑަރާ އެއްގޮތަށް ފިހާރަތަކުން މުދާ ކޯޓަށް ގެނެސް ކަމާބެހޭ މުވައްޒަފާ ޙަވާލުކުރުން. 11- ހައުސްކީޕަރުގެ މަޤާމަށްވުރެ މަތީ މަޤާމުތަކުގެ ކޯޓުގެ މުވައްޒަފުން ޙަވާލުކުރާ ކޯޓާ ގުޅުންހުރި އެންމެހާ މަސައްކަތްތައް ކުރުން. |
||||||||||||
|
މަޤާމުގެ ޝަރުޠުތައް: |
(ލިޔަންކިޔަން އެނގޭކަމަށް ބަލާނީ ގްރޭޑް 5 ނިންމިކަމުގެ ލިޔުން ނުވަތަ ލިޔަން ކިޔަން އެނގޭ ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ ލިޔަންކިޔަން އެނގޭތޯ ބެލުމަށް މި ކޯޓުން ޓެސްޓެއް ދީގެންނެވެ. ނުވަތަ؛
|
||||||||||||
|
ތަޢުލީމީ ރޮނގު: |
މި މަޤާމަކީ ވަކި ޚާއްޞަ ތަޢުލީމީ ރޮނގެއް ކަނޑައެޅިފައިނުވާ މަޤާމެކެވެ. |
||||||||||||
|
ގުޅޭ ވަޒީފާގެ ދާއިރާތައް: |
މި މަޤާމަކީ މަޤާމުގެ މަސައްކަތުގެ ވަކި ދާއިރާއެއް ކަނޑައެޅިފައި ނުވާ މަޤާމެކެވެ. |
||||||||||||
|
އެހެނިހެން ޝަރުޠު |
2. ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (ނުވަތަ އިދާރާގެ) މުވައްޒަފެއްގެ ނުވަތަ (ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން. ގާތްތިމާގެ މީހުން ކަމުގައި ބަލާނީ އަންނަނިވި ފަރާތްތަކެވެ. 2.1 ކާފަ ނުވަތަ މާމަ (ދޮންކާފަ އަދި ދޮންމާމަ ހިމެނޭ ގޮތަށް)؛ ނުވަތަ 2.2 މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ 2.3 ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛ ނުވަތަ 2.4 އަނބިމީހާ ނުވަތަ ފިރިމީހާ؛ ނުވަތަ 2.5 ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)؛ |
||||||||||||
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ރ) ދަޢުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
||||||||||||
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
||||||||||||
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 ސެޕްޓެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، ދުވާފަރު މެޖިސްޓްރޭޓް ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި، އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކުމަށްފަހު ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
||||||||||||
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،01 އޮކްޓޯބަރ 2026 ން 15 އޮކްޓޯބަރ 2026 އާ ދެމެދު، ދުވާފަރު މެޖިސްޓްރޭޓް ކޯޓު ގައެވެ. |
||||||||||||
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި ކޯޓުގައި އަދި މިކޯޓުގެ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
||||||||||||
|
|||||||||||||
