މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ސްކޫލް
ދިވެހިރާއްޖެ
އަލިފުށީ ސްކޫލުގެ އިރުއުތުރު ވަށާފާރު އަމިއްލަ ތަކެތީގައި ރާނައިދޭނެ ފަރާތެއް ހޯދުމާއިބެހޭ

 އަލިފުށީ ސްކޫލުގެ އިރުއުތުރު ވަށާފާރު އަމިއްލަ ތަކެތީގައި ރާނައިދޭނެ ފަރާތެއް ހޯދުމާއިބެހޭ

  1. މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިސްކޫލުގެ އިރުއުތުރު ވަށާފާރު ރޭނުމާއި ސިމެންތި ޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.
  2. މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

   3. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2026 ސެޕްޓެމްބަރ 16ން 2026 ސެޕްޓެމްބަރ 23 ށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 ން މެންދުރުފަހު 12:00 ށް މިސްކޫލަށް ދުރުވެ ނުވަތަ ގޫގުލް ފޯރމް މެދުވެރިކުރަށްވާ ބިޑްރަޖިސްޓަރީ ކުރެއްވުންއެދެމެވެ.                                                                          

   4- މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ ޕްރީބިޑް މީޓިން އަދި ސައިޓު ދެއްކުން އޮންނާނީ 2026 ސެޕްޓެމްބަރ 23 ވާ ބުދަ ދުވަހުގެ މެންދުރުފަހު 1:00ގައި މިސްކޫލުގައެވެ.

   5- މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 2026 ސެޕްޓެމްބަރ 23 ވާ ބުދަ ދުވަހުގެ ހެނދުނު 10:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

   6- ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2026 ސެޕްޓެމްބަރ 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00ގައި މި ސްކޫލުގައެވެ.

   7- މި މަސައްކަތާއިގުޅޭ މަޢުލޫމާތު ޝީޓް ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

    8- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

- ނަން: އަލިފުށީ ސްކޫލް

- ފޯން: 9920802

- އީމެއިލް: [email protected]

 

- ބިޑް ރަޖިސްޓްރޭޝަން ފޯމް : 

https://docs.google.com/forms/d/e/1FAIpQLSefymYN0-7XuYzqOiI-KgxX6eYZdy6ukgs3gT0c3hCPngHiaA/viewform?usp=header

16 ސެޕްޓެންބަރު 2026
ހޯދާ