ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ސީނިއަރ އައި.ޓީ. އޮފިސަރ

އިޢުލާނު

މަޤާމު:

ސީނިއަރ އައި.ޓީ. އޮފިސަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

މުސާރަ:

މަހަކު 7035.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2000.00 ރުފިޔާ

ލިވިންގ އެލަވަންސް:

މަހަކު 4000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  • މަޤާމުގެ ގޮތުން ދެވޭ ޚާއްޞަ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ.
  • ރިސްކް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ޙާޒިރުވާ ދުވަހަކަށް 50.00 ރުފިޔާ ދެވޭނެއެވެ.
  • މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ އާއި ރަމަޟާން މަހުގެ އިނާޔަތް ދެވޭނެއެވެ.

މަޤާމުގެ ޝަރުތުތައް

  • އިންފޮމޭޝަންِ ޓެކްނޮލޮޖީ، ބިޒްނަސް އިންފޮމޭޝަން ޓެކްނޮލޮޖީ‫، ނެޓްވަރކިންގ، ޕްރޮގްރާމިންގ، ސިސްޓަމް އެޑްމިނިސްޓްރޭޝަން، ވެބް ޑިވެލޮޕްމަންޓް،  ހާޑްވެއަރ އެންޑް ނެޓްވަރކްِ އެޑްމިނިސްޓްރޭޝަން، ކޮމްފިއުޓަރ ސައިންސް، ކޮމްޕިއުޓަރ ސޮފްޓްވެއަރ ޓެކްނޮލޮޖީ، ކޮމްފިއުޓަރ ހާޑްވެއަރ ޓެކްނޮލޮޖީ، ޑޭޓާ ޕަރޮސެސިންގ ޓެކްނޮލޮޖީ، ސޮފްޓްވެއަރ އިންޖިނިއަރިންގ، އައިޓީ ޓްރެއިނަރ، ޓެކްނިކަލް ޓްރެއިނަރ، ޓެކްނިކަލް ކޮންސަލްޓިން، ނުވަތަ މަޤާމުގެ މަސްޢޫލިއްޔާތާގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުން. ނުވަތަ
  • އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އިންފޮމޭޝަން ޓެކްނޮލޮޖީ‫، ނެޓްވަރކިންގ، ޕްރޮގްރާމިންގ، ސިސްޓަމް އެޑްމިނިސްޓްރޭޝަން، ވެބް ޑިވެލޮޕްމަންޓް،  ހާޑްވެއަރ އެންޑް ނެޓްވަރކްِ އެޑްމިނިސްޓްރޭޝަން، ކޮމްފިއުޓަރ ސައިންސް، ކޮމްޕިއުޓަރ ސޮފްޓްވެއަރ ޓެކްނޮލޮޖީ، ކޮމްފިއުޓަރ ހާޑްވެއަރ ޓެކްނޮލޮޖީ، ޑޭޓާ ޕަރޮސެސިންގ ޓެކްނޮލޮޖީ، ސޮފްޓްވެއަރ އިންޖިނިއަރިންގ، އައިޓީ ޓްރެއިނަރ، ޓެކްނިކަލް ޓްރެއިނަރ، ޓެކްނިކަލް ކޮންސަލްޓިން، ނުވަތަ މަޤާމުގެ މަސްޢޫލިއްޔާތާގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާގެ 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެމައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އޮތޯރިޓީގެ ކޮމްޕިއުޓަރ އިންފްރާސްޓްރަކްޗަރ، ހާޑްވެއަރ، ނެޓްވޯކް އަދި ކަނެކްޓިވިޓީ ސިސްޓަމްތައް ރަނގަޅުކޮށް ސެކިއުރކޮށް ބެލެހެއްޓުން
  2. އޮތޯރިޓީގެ  ނެޓްވޯކް އަދި އިންފްރާސްޓްރަކްޗަރަށް ދިމާވާ ޓެކްނިކަލް މައްސަލަތައް ދެނެގަނެ، ޑައިގްނޯސްކޮށް، ހައްލުކުރުމާއި ނެޓްވޯކްގެ ސެކިއުރިޓީވަރުގަދަކޮށް ބެލެހެއްޓުން.
  3. އޮތޯރިޓީގެ ސަރވަރތަކަށް ދިމާވާ ޓެކްނިކަލް މައްސަލަތައް މޮނިޓަރކޮށް ބެލެހެއްޓުމާއި ދުވަހުން ދުވަހަށް ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި އެއްބާރުލުންދީ ސަރވަރގެ ސެކިއުރިޓީ ރަނަގަޅުކުރުމަށްޓަކައި ކުރެވެންހުރި ކަންކަން ބަލައި ސެކިއުރިޓީ ރަނގަޅުކުރުން.
  4. އައި.ޓީ އިންފްރާސްޓްރަކްޗަރ އަދި ތަކެތި ރައްކާކުރުމާއި، ޕްރިވެންޓިވް މެއިންޓަނަންސް ކުރުމާއި، މެއިންޓަނަންސް ކަންކަން ޤަވާއިދާއި އެއްގޮތަށް ކުރިއަށްދޭތޯ  ކަށަވަރުކުރުން.
  5. މި އޮތޯރިޓީއަށް ބޭނުންވާ ސޮފްޓްވެއަރ އަދި ސޮފްޓްވެއަރ ލައިސެންސްތައް ދެނެގަނެ، ހޯދުމާއި، އިންސްޓޯލްކުރުމާއި، އަޕްޑޭޓްކުރުމާއި ބެލެހެއްޓުން.
  6. އޮތޯރިޓީގެ ސިސްޓަމްތައް އަޕްގްރޭޑްކުރާ ޕްލޭންތައް ހައްދައި، ޓެސްޓްކުރުމާއި، އިމްޕްލިމެންޓްކުރުމާއި، އަޕްގްރޭޑްކުރެވޭ ސިސްޓަމްތަކުގެ މެއިންޓަނެންސް ރެކޯޑު ބެލެހެއްޓުން.
  7. އޮތޯރިޓީގެ  ސިސްޓަމްތަކާއި، އެޕްލިކޭޝަންތަކާއި، ވެބް ބޭސްޑް ސިސްޓަމްތަކަށް ދިމާވާ ޓެކްނިކަލް މައްސަލަތައް ޑައިގްނޯސްކޮށް، ހައްލުކުރުމާއި، ބޭރުން ސަރވިސްދޭ ފަރާތްތަކާއި ހަވާލުކުރެވޭ މައްސަލަތަކުގައި ކޯޑިނޭޓްކޮށް މޮނިޓަރކޮށް ބެލެހެއްޓުން.
  8. އޮތޯރިޓީގެ ބޭނުންކުރާ ޑޭޓާބޭސްތައް މެނޭޖްކުރުމުގެ އިތުރުން،  ސްޓޮކް އަދި އެހެނިހެން ސިސްޓަމްތަކުގައި ބޭނުންކުރާ ޑޭޓާބޭސްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  9. އޮތޯރިޓީގެ އީމެއިލް އެކައުންޓްތައް ބެލެހެއްޓުމާއި، ޔޫޒަރ އެކައުންޓް އަދި އެކްސެސް ޕާމިޝަންތައް ރެކޯޑުކޮށް މެނޭޖްކުރުން.
  10. އޮތޯރިޓީގެ ޕީ.ބީ.އެކްސް ސިސްޓަމް އަދި އެއާ ގުޅޭ ސަރވިސްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  11. އޮތޯރިޓީގެ ވެބްސައިޓު ޑިވެލޮޕް ކުރުމާއި ގެންނަންޖެހޭ އަޕްޑޭޓްތައް ވެބްސައިޓަށް ގެނެސް ޓެކްނިކަލް ސަޕޯޓްދިނުން.
  12. މޯލްޑިވްސް ޑިޖިޓަލް ސަރވިސް (އެމް.ޑީ.އެސް) އާއި ގުޅިގެން ބަލަހައްޓަންޖެހޭ އީ-ގަވަމަންޓް ނެޓްވޯރކް އަދި އެއާ ގުޅޭ ސަރވިސްތައް މޮނިޓަރކޮށް ބެލެހެއްޓުން.
  13. އޮތޯރިޓީގެ އައި.ޓީ. ސެކިއުރިޓީ ކޮންޓްރޯލްތައް، ޔޫޒަރ އެކްސެސް، ސެކިއުރިޓީ އަޕްޑޭޓް އަދި އެންޑްޕޮއިންޓް ސެކިއުރިޓީ ބެލެހެއްޓުމާއި، އައި.ޓީ ސެކިއުރިޓީ މައްސަލަތައް ދެނެގަނެ ރިޕޯޓްކުރުމާއި ހައްލުކުރުމަށް ކަމާގުޅޭ ފަރާތްތަކާއި ކޯޑިނޭޓްކުރުން.
  14. އޮތޯރިޓީގެ ޑޭޓާ ބެކަޕް ސިސްޓަމްތައް ބެލެހެއްޓުމާއި، ބެކަޕް ކުރެވޭކަން ކަށަވަރުކުރުމާއި، ޑޭޓާ ރީ-ސްޓޯރކުރުމާއި ޑިސާސްޓަރ ރިކަވަރީ ކަންކަން މޮނިޓަރކޮށް ބެލެހެއްޓުން.
  15. އޮތޯރިޓީގެ އައި.ޓީ ތަކެތީގެ އެސެޓް ރެކޯޑްތައް ބެލެހެއްޓުމާއި، ތަކެތީގެ ލައިފް ސައިކަލް، ވޮރެންޓީ އަދި ރިޕްލޭސްމަންޓް ކަންކަން ބެލަހައްޓައި މޮނިޓަރކުރުން.
  16. އޮތޯރިޓީގެ ޔޫޒަރތަކުގެ ބޭނުންތައް ދެނެގަނެ، އެނެލައިޒްކޮށް، ސިސްޓަމް އަދި އައި.ޓީ ސަރވިސްތައް ތަރައްޤީކުރުމަށް ޓެކްނިކަލް ލަފާދިނުން.
  17. އޮތޯރިޓީގެ އޮޓޮމޭޝަން އަދި ޑިޖިޓަލް ތަރައްޤީގެ ކަންކަމުގައި ސުޕަވައިޒަރަށް ލަފާ ދިނުމާއި، ޓެކްނޮލޮޖީ ސޮލިއުޝަންތައް ދެނެގަނެ ތަރައްޤީކުރުން.
  18. އައި.ޓީ. ވެންޑަރތަކާއި، ސަރވިސް ޕްރޮވައިޑަރތަކާއި، މި އޮފީހާ ގުޅޭ ބޭރު ފަރާތްތަކާއި ކޯޑިނޭޓްކޮށް، ސިސްޓަމް، ސަރވިސް އަދި ޓެކްނިކަލް މައްސަލަތައް ބަލައި ހައްލުކުރުން.
  19. އޮތޯރިޓީގެ ނެޓްވޯކް، ސިސްޓަމް، ސެކިއުރިޓީ، އެސެޓް އަދި މެއިންޓެއިނަންސް ކަންކަމާ ގުޅޭ ޑޮކިއުމެންޓޭޝަން އަދި ރެކޯޑްތައް ރައްކާކުރުން.
  20. މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އައި.ޓީ. އިންފްރާސްޓްރަކްޗަރ، ސިސްޓަމް އަދި ޓެކްނޮލޮޖީ ކަންކަމާ ގުޅޭ ގޮތުން ސުޕަވައިޒަރަށް ލަފާދިނުމާއި، އޮތޯރިޓީން ހަވާލުކުރާ އެހެނިހެން ރަސްމީ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު. (މި ފޯމު ތިރީގައިވާ ލިންކުން ޑައުންލޯޑު ކުރެވޭނެއެވެ. އަދި މި ފޯމު މި އިޢުލާނާއިއެކު ގެޒެޓުގައި ޝާއިއުކުރެވިފައިވާނެއެވެ.) http://fpa.gov.mv/dv/downloads/job-application-form
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  • މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ވަޒިފާއަށް އެދޭ ފޯމް ފުރިހަމަކުރައްވާ ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް 24 ސެޕްޓެންބަރު 2026 ގެ 13:30 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
  • ސުންގަޑީގެ ފަހުން ލިބޭ އީމެއިލްތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
  • މި އީމެއިލްއަށް އެޕްލިކޭޝަން ލިބުމުން ރިޕްލައިއެއް ފޮނުވޭނެއެވެ. ރިޕްލައި ލިބިލައްވާފައި ނުވާނަމަ ރަސްމީ ގަޑީގައި މި އޮތޯރިޓީގެ ނަންބަރު 3010551 އަށް ގުޅުއްވައި އީމެއިލް ލިބުނުކަން ޔަގީން ކުރެއްވުން އެދެމެވެ.
  • އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • މި މަޤާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • މިމަޤާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އިންޓަރވިއުގެ އިތުރުން މަޤާމުގެ މަސައްކަތްތަކާ ގުޅުންހުރި މަޢުލޫމާތު ދެނެގަތުމަށްޓަކައި ޓެސްޓެއްގައި ބައިވެރިވާންވާނެއެވެ. 
  • މިމަޤާމަށް މުވައްޒަފަކު ހޮވޭނީ ތަޢުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ފެންވަރާއި ހުނަރާއި ޤާބިލްކަމަށް ބަލާ ކުރެވޭ އިންޓަވިއު އާއި ޓެސްޓުގެ ނަތީޖާއަށް ބަލައި، ކުށުގެ ރެކޯޑް ސާފުކުރުމަށްފަހު، ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރެކޯޑެއް ނުވާނަމައެވެ.
  • އޮތޯރިޓީގެ ވަޒީފާތަކަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަޒީފާތަކެކެވެ.
  • މި އޮތޯރިޓީގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8 ން މެންދުރުފަހު 2 އަށެވެ.
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
16 ސެޕްޓެންބަރު 2026
ހޯދާ