ދިވެހިރާއްޖެ
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އިން ތިރީގައިވާ ތަކެތި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.
|
ނީލަން ކިޔާ ތަކެތި |
ތަކެތީގެ އަދަދު |
ތަކެތީގެ ހާލަތު |
ނީލަން ކިޔަން ފަށާއަގު (ރުފިޔާ) |
|
އެއަރ ކޮންޑިޝަނަރ |
27 |
ބައުވެފައި |
4000 |
|
ޕަންޕު |
7 |
ބައުވެފައި |
1000 |
|
އަލިފާން ނުހިފާ ފްލަޑްލައިޓް |
9 |
ބައުވެފައި |
500 |
|
ސޯފާ |
3 |
ބައުވެފައި |
200 |
|
ދޮންނަ މެޝިން |
2 |
ބައުވެފައި |
200 |
|
ސީލިންގ ފަންކާ |
12 |
ބައުވެފައި |
300 |
|
ބެޓެރި |
13 |
ބައުވެފައި |
800 |
|
އެއަރ ކޮމްޕްރެސަރ |
2 |
ބައުވެފައި |
350 |
|
ދެބުރި އެނދު |
1 |
ބައުވެފައި |
100 |
|
ހަތަރު ސީޓު ބެންޗު ގޮނޑި |
1 |
ބައުވެފައި |
200 |
|
ޓީޓީ މޭޒު |
1 |
ބައުވެފައި |
500 |
|
ޑީޕް ފްރީޒަރ |
1 |
ބައުވެފައި |
200 |
|
ރެފްރިޖެރޭޓަރ |
1 |
ބައުވެފައި |
200 |
|
ކާޗާ އެޗްޑީ ކްލީނަރ |
1 |
ބައުވެފައި |
150 |
|
ޖީ.ބީ.ސީ ޝްރެޑަރ |
1 |
ބައުވެފައި |
200 |
|
ފޮގް މެޝިން |
1 |
ބައުވެފައި |
500 |
|
ނޮން ރިޓާން ވޭލްވް |
1 |
ބައުވެފައި |
500 |
|
ބްލޯވަރު |
1 |
ބައުވެފައި |
50 |
މިތަކެތި ނީލަމުގައި ބޭނުންފުޅުވާ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑަށް އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހެޅޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ، ނަން ނޯޓްކުރައްވާފައިވާ ފަރާތްތަކަށެވެ.
|
ސެޝަންގެ ތަފްސީލް |
ތާރީޙް |
ގަޑި |
ތަން |
|
މަޢުލޫމާތު ސާފުކުރުން |
20 ސެޕްޓެމްބަރ 2026 |
ހެނދުނު 10:00 |
ފުނަދޫ |
|
އަގުހުށަހެޅުން |
21 ސެޕްޓެމްބަރ 2026 |
ހެނދުނު 10:00 |
އެސް.ޓީ.އޯ ހެޑްއޮފީސް |
އިތުރު މަޢުލޫމާތު:
o ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވައިލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް، އެސް.ޓީ.އޯ ގެ ފެރީގައި އެ ތަކެތި ހުރި ތަނަށް ދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދެވިފައެވެ. ވީމާ، މި ތަކެތި ބައްލަވައިލެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ސެޕްޓެމްބަރ 2026 ވާ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން (މާލޭގައި ހުންނަ) ހުޅުމާލެ ފެރީ ޓާމިނަލަށް ވަޑައިގެންދެއްވުން އެދެމެވެ.
o ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން، ބިލު ހަވާލުކުރާތާ ރަސްމީ ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ފައިސާ ދައްކަވަންވާނެއެވެ.
o ފައިސާ ދެއްކެވުމަށްފަހު ވެރިފަރާތުން ރަސްމީ ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަންވާނެއެވެ.
o ތަކެތި ގެންދެވުމަށް ދެވޭ މުއްދަތުގެ ތެރޭގައި މުދާ ނުގެންދާނަމަ، ބިޑް ބާޠިލްކޮށް، ކުންފުންޏަށް ފެންނަގޮތެއްގެ މަތީން މިތަކެއްޗާއިމެދު ޢަމަލުކުރެވޭނެއެވެ. މިފަދަ ޙާލަތެއްގައި، މުދަލުގެ އަގުގެ ގޮތުގައި ދައްކަވާފައިވާ ފައިސާ އަނބުރާ ނުދެވޭނެއެވެ.
o މުދާ ނުގެންދާ ފަރާތްތަށް، މިކުންފުނިން ކުރިމަގުގައި ބޭއްވޭ ނީލަންތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.
ނީލަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 9181493 ގުޅުއްވުން އެދެމެވެ.
