ދިވެހިރާއްޖެ
ރަމަޟާންމަހަށް ދަނޑުވެރިން އުފައްދާ ތަކެތި މާލެ ގެންގޮސް ވިއްކުމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް 1448 ވަނަ އަހަރުގެ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ދަނޑުވެރިންގެ އުފެއްދުންތައް މާކެޓްކޮށް ވިއްކުމަށް މާލެ ސަރަޙައްދުގައި ޤާއިމުކުރާ މާރުކޭޓުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް ، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން ވަނީ އަންގަވާފައެވެ. އަދި މި މާރުކޭޓަކީ ރަމަޟާން މަހަށް އަމާޒުކޮށްގެން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކުމަށްޓަކައި، ރަށްރަށުން މާލެ އަންނަ ފަރާތްތަކަށް ޚާއްޞަކުރެވިގެން ހިންގުމަށް ހަމަޖެހިފައިވާ މާރުކޭޓެކެވެ.
ވީމާ ، މި މާރުކޭޓުގައި ބައިވެރިވެ ތަކެތި ވިއްކުމަށް ޝަޢުޤުވެރިވާ މިރަށުގެ ދަނޑުވެރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
https://forms.gle/f45JjHS1NF357ndL9
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
