މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޯޓްގައި ޕާކޭ ޖެހުމާއި ގުޅޭ ( 3 ވަނަ އިޢުލާން )

އިޢުލާނު

 

ބ.ފެހެންދޫ މެޖިސްޓްރޭޓް ކޯޓްގެ ތަޅުމުގައި ޕާކޭޖަހާނެ ފަރާތެއް ހޯދުމާ ގުޅޭ

 

          ބ.ފެހެންދޫ މެޖިސްޓްރޭޓް ކޯޓްގެ ތަޅުމުގައި ޕާކޭޖަހާނެ ފަރާތެއް ހޯދުމަށް ކުރި މިކޯޓުގެ ނަންބަރ: 584-A/2026/11 (23 އޮގަސްޓް 2026) ޢިއުލާނާއި ގުޅިގެން ބިޑު ހުށަހަޅުއްވާފައިވާ ފަރާތުން ހުށަހަޅާފައިވާ އަގު ބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާތިލްކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ބީލަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ "ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަންބަރު 2014/18 ޤާނޫނު" ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ.  ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 29 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ ދުވަހުގެ 13:00 އަށް މި ކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:00 ގެ ފަހުން އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.

އަންދާސީ ހިސާބުހުށަހެޅުމަށް ވިޔަފާރީގެ ވެރިފަރާތް ނޫން އެހެން ފަރާތެއް ފޮނުވާނަމަ އެމީހަކީ ވެރިފަރާތުން ފޮނުވާމީހެއްކަން އެނގޭނެ ފަދަ ލިޔުން (ސިޓީ ވިޔަފާރީގެ ލެޓަރ ހެޑްގައި( ގެންނަންވާނެއެވެ. އަދި ބަދަލުގައިހާޟިރުވާފަރާތުގެ އައިޑީކާޑް ނުވަތަ ކާކުކަން އެނގޭފަދަ ރަސްމީ ލިޔުމެއް ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ. މިފަދަ ލިޔުމެއް ނެތްނަމަ އަންދާސީ ހިސާބުބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.  ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.  މިއިޢުލާނާއިއެކު މައުލޫމާތު ޝީޓާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމްސެޓް އެއްހީރަސްކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ކުރިން މިންތަކާއި، މަސައްކަތްތައް ބެލުމަށްޓަކައި ރަސްމީދުވަސްތަކުގެ ހެނދުނު 10:00 ން 14:00 ށް އާއި ހަމައަށް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރުމުގެ ފުރުޞަތު އޮތްވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6600358 އަށް ގުޅުއްވައިގެން ނުވަތަ  [email protected]  އީމެއިލްއަށް ސާފުކުރަން ބޭނުންވެލައްވާ މަޢުލޫމާތުތައް ފޮނުއްވުން އެދެމެވެ.

03 ރަބީޢުލްއާޙިރު 1448

14 ސެޕްޓެންބަރު 2026
ހޯދާ