ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ވ.ފެލިދޫ މެޖިސްޓްރޭޓްކޯޓުގެ އިދާރީބައިގެ ސީލިންގ މަރާމާތުކުރުން

ވ.ފެލިދޫ މެޖިސްޓްރޭޓްކޯޓުގެ އިދާރީބައިގެ ސީލިންގ މަރާމާތުކުރުން

މިކޯޓުން ފޯރުކޮށްދޭ މަޢްލޫމާތާއި އެއްގޮތަށް ވ.ފެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިދާރީބައިގެ ސީލިންގ  މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި މަސައްކަތާބެހޭ މަޢްލޫމާތު ސާފުކޮށްދިނުން 17 ސެޕްޓެމްބަރ ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ވ. ފެލިދޫ މެޖިސްޓްރޭޓްކޯޓުގައި އޮންނާނެއެވެ.

އީމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާނަމަ އެކަމަށް އެދޭ ފޯމު އީމެއިލް ކުރާނީ    17 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން [email protected]  އަށެވެ.

ބީލަން ހުށަހަޅާނީ 21 ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހުގެ 11:00 އަށް ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމު ހިމެނޭގޮތުން، މި މަސައްކަތުގެ މަޢްލޫމާތުޝީޓާއި ، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފޯމް އިޢްލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

ބީލަން ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ ބީލަމާއި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

14 ސެޕްޓެންބަރު 2026
ހޯދާ