ދިވެހިރާއްޖެ
﷽
އިސްދޫ ސްކޫލް
ލ.އިސްދޫ، ދިވެހިރާއްޖެ
ނަންބަރ: GS-186/IU/2026/10
2027ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
2027 ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން
1 ސްކޫލް ސެކިއުރިޓީ 01 ޖަނަވަރީ 2027 އިން ފެށިގެން 31 ޑިސެމްބާރ 2027 ގެ ނިޔަލަށް ބަލަހައްޓައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2 މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2026 ސެޕްޓެމްބަރ 14 އިން 2026 ސެޕްޓެމްބަރ 20 ވަނަ ދުވަހުގެ 12:00 ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/DSVhAREovcybWKoq9
3 ބީލަމާ ގުޅިގެންބާއްވާ ޕްރީބިޑް މީޓިން އޮންނާނީ 2026 ސެޕްޓެމްބަރ 21 ވަނަ ދުވަހުގެ 13:00 ގައި އިސްދޫ ސްކޫލްގައެވެ.
4 ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ސެޕްޓެމްބަރ 22 ވަނަ ދުވަހުގެ 11:00ގައިމި ސްކޫލުގައެވެ.
5 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ
6 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އިސްދޫ ސްކޫލް އިދާރީ ސެކްޝަން
ފޯން ނަންބަރ 6800562
މެއިލް: [email protected]
03 ރަބީޢުލްއާޙިރު 1448
14 ސެޕްޓެމްބަރ 2026
