ކުރިނބީ ސްކޫލް
ދިވެހިރާއްޖެ
މި ސުކޫލުގެ ތިރީގައި މި ދަންނަވާ ތަކެތި ނީލަންކިޔަން ބޭނުންވެއެވެ.

`

 

 

ކުރިނބީ ސްކޫލް

ހދ. ކުރިނބި، ދިވެހިރާއްޖެ

                     ނަންބަރު:922/IUL/2026/032

އިޢުލާން

މި ސުކޫލުގެ ތިރީގައި މި ދަންނަވާ ތަކެތި ނީލަންކިޔަން ބޭނުންވެއެވެ.

 

މިސްކޫލުގައި ބޭނުންކޮށް ބައުވެފައިވާ ތަކެތި ނީލަންކިޔުން 2026 ސެޕްޓެމްބަރ 20 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މި ސްކޫލް ގޯތިތެރޭގައި އޮންނާނެއެވެ.

މި ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން  2026 ސެޕްޓެމަބރ 20 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ. މި ނީލަމުގައި ބައިވެރިވެ، ތަކެތި ނަންގަވާ ފަރާތްތަކުން ބަނޑޭރިޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކެވުމަށްފަހު، ނީލަން ނިމޭތާ 2 ގަޑިއިރުތެރޭ ތަކެތި ގެންގޮސްނިންމަންވާނެއެވެ.

މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި މި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ކުރިނބީ ސްކޫލް / ހދ.ކުރިނބި

ފޯން:6520532

[email protected]އީމެއިލް:

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

1448 D 03

14 ސެޕްޓެމަބަރ 2026

 

 

 

 

 

މުޙައްމަދު ފަޔާޟް

އެޑްމިނިސްޓްރޭޓަރ

14 ސެޕްޓެންބަރު 2026
ހޯދާ