ދިވެހިރާއްޖެ
ދަނޑުވެރިކަން ކުރުމަށް މިރަށުން ދަނޑުބިން ދޫކުރުމަށް މި ކައުންސިލުން 2026 ސެޕްޓެމްބަރ 3 ވަނަ ދުވަހު ކޮށްފައިވާ ނަންބަރު (IUL)245-ESD/245/2026/63 އިޢުލާން ބާޠިލުކޮށް ''ހއ. އުލިގަމުން ދަނޑުބިން ދޫކުރުމާއި، ދަނޑުވެރިކަންކުރުމާ ބެހޭ އުޞޫލު" ގެ ދަށުން އުލިގަމުގައި ދަނޑުވެރިކަން ކުރުމަށް ދަނޑުބިމަށް އެދުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.
ދަނޑުބިން ދޫކުރުމަށް ހުޅުވާލެވިފައިވަނީ މި އިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާ ޗާޓާއި އެއްގޮތްވާގޮތުގެ މަތިން ވިޔަފާރި އުސޫލުން 4 ދަނޑު އަދި އާންމު ދަނޑުވެރިކަމަށް ގޭބީސީތަކަށް 11 ދަނޑުގެ އިތުރުން G3 ޗަސްބިން ދަނޑެވެ. G3 ޗަސްބިން ދަނޑު ބޭނުންވާ ފަރާތްތަކުން އެކަން ފޯމުގައި ސާފުކޮށް ބަޔާންކުރަންވާނެއެވެ. ދަނޑުބިން ދޫކުރުމަށް ހުޅުވާލެވިފައިވާ އަދަދަށްވުރެ އިތުރަށް ދަނޑުބިމަށް އެދި ހުށަހަޅާފައިވާނަމަ، ދަނޑުބިން ދޫކުރެވޭނީ އުޞޫލުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
އާންމު ދަނޑުވެރިކަމަށް ދޫކުރާ ދަނޑުބިމަށް އެދޭއިރު، "ދަނޑުބިމަށް އެދޭ ފޯމު" އާއެކު ގޭބިސީ އަންގައިދޭ ލިޔުން (ކަރަންޓް ބިލު ނުވަތަ ފެންބިލު ނުވަތަ ގޯތީގެ ރަޖިސްޓްރީގެ ކޮޕީ)، އަދި ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއާއި ގޭބިސީގެ ވެރިޔާގެ ހުއްދަ ހުށަހަޅަންވާނެއެވެ. ވިޔަފާރި ގިންތީގެ ދަނޑުބިމަށް އެދޭ ފަރާތްތަކުން "ދަނޑުބިމަށް އެދޭ ފޯމު" އާއެކު ވިޔަފާރި/ކުންފުނި/ޖަމިއްޔާގެ ރަޖިސްޓްރީ ކޮޕީ ހުށަހަޅުއްވަން ވާނެއެވެ.
ދަނޑުބިމަށް އެދި ފޯމު ހުށަހަޅާނީ ރަސްމީ ގަޑީގައި ހެނދުނު 8:30 އިން މެންދުރުފަހު 13:30 އަށް މި އިދާރާގެ ކައުންޓަރަށެވެ. ނުވަތަ އީމެއިލް ކުރައްވާނަމަ، [email protected] އަށެވެ. އަދި "ދަނޑުބިމަށް އެދޭ ފޯމު" ބަލައިގަންނާނީ 2026 އޮކްޓޯބަރު 08 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގެ ނިޔަލަށެވެ.
ދަނޑުބިން ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދޫކުރާ "ދަނޑުބިމަށް އެދޭ ފޯމު" މި އިދާރާގެ ވެބްސައިޓް www.uligan.gov.mv އާއި ދިވެހި ސަރުކާރުގެ ގެޒެޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އާއި 13:30 އާ ދެމެދު މި އިދާރާގެ ކައުންޓަރުންވެސް ފޯމު ލިބެން ހުންނާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ ފޯމާއި ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި ހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މިކަމާގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6501014 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ. އީމެއިލުންނަމަ އީމެއިލް ކުރައްވާނީ، [email protected] އަށެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.
