ދިވެހިރާއްޖެ
ނަމްބަރު: (IUL)391/391/2026/99
އިޢުލާން
ކުރީގެ ފާއިޒާ ރެސްޓޯރެންޓް ހުޅަނގުން އޮތް އިމާރާތާއި ބިންބިޑް އުޞޫލުން ކުއްޔަށްދޫކުރުން
ކޮޅުމަޑުލު ތިމަރަފުށީ ލޭންޑްޔޫޒް ޕްލޭންގައި، ވިޔަފާރި ބޭނުމަށް ފާހަގަކޮށްފައިވާ އިމާރާތާއި ބިން ވިޔަފާރި ބޭނުމަށް 25 އަހަރުދުވަހަށް ވިޔަފާރި އުޞޫލުން ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާތީ، އިމާރާތާއި ބިން ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ.
|
# |
ބިމުގެ ނަންބަރު |
ކުއްޔަށްދޭ ބޭނުން |
ބިމުގެ ބޮޑުމިން (އަކަފޫޓުން) |
ބިން ކުއްޔަށްދޭ މުއްދަތު |
ކުލީގެ ގޮތުގައި ހުށަހެޅޭނޭ އެންމެ ކުޑައަގު |
|
1 |
30.5 |
ވިޔަފާރި ބޭނުމަށް |
1960.83 |
25 އަހަރު |
3000 |
ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރވުން
މިބިމަށް އެދި ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިއިދާރާގައި ރެޖިސްޓަރވާ ފަރާތްތަކަށެވެ. ރެޖިސްޓްރީ ވުމަށްޓަކައި "ބީލަމުގައި ރަޖިސްޓްރީވާ ފޯމް" ފުރިހަމަ ކުރުމަށްފަހު ބީލަމުގައި ރެޖިސްޓަރ ވުމަށް ފައިސާ ދެއްކުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގައި ސްލިޕް ދޫކުރެވޭނެއެވެ. ރެޖިސްޓްރޭޝަން ފީގެ އަގަކީ -/300 ރުފިޔާއެވެ.
ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރެޖިސްޓްރީ ފޯމް އަދި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ 08 ސެޕްޓެމްބަރ 2026 (އަންގާރަ) ދުވަހުން ފެށިގެން 14 ސެޕްޓެމްބަރ 2026 (ހޯމަ) ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އަށް ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުގެ އިދާރާއިންނެވެ. މިމުއްދަތުގެ ތެރޭގައި އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުއްވުމަށްފަހު މިއިދާރާގެ ބޭންކް އެކައުންޓު ނަމްބަރ: 7725700323001 (REVENUE 1) އަށް ފައިސާ ޖަމާކުރައްވާ ފަރާތްތައްވެސް ބީލަމުގައި ރެޖިސްޓަރ ކޮށްދެވޭނެއެވެ. މިގޮތުން އީމެއިލް މެދުވެރިކޮށް ރެޖިސްޓަރވާން ބޭނުންވާ ފަރާތްތަކުން މިއިދާރާގެ އީމެއިލް އެޑްރެހަށް ([email protected]) މަތީގައި ބަޔާންކުރެވުނު ލިޔުންތައް އީމެއިލްކޮށް ދެއްވުން އެދެމެވެ. އީމެއިލް ކުރައްވާއިރު އީމެއިލްގެ ސުރުހީގައި "ވިޔަފާރި ބޭނުމަށް، ކޮޅުމަޑުލު ތިމަރަފުށިން އިމާރާތާއި ބިން ކުއްޔަށް ދޫކުރުމާގުޅޭ" މިހެން ލިޔުއްވުމަށް ދަންނަވަމެވެ.
ބީލަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުން
މި މަސައްކަތާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް ހަމަޖެހިފައިވަނީ 15 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި ތިމަރަފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މިބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް މައުލޫމާތު ބައްދަލުވުމުގައި ބައިވެރިނުވެވޭނެއެވެ.
ބީލަން ބަލައިގަތުން އަދި ހުޅުވުން
އަދި ބިޑް ހުށައެޅުން އޮންނާނީ 23 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔުންތައް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަން ވާނެއެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
