ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ބޭނުމަށް "ގޫގުލް ވޯކް ސްޕޭސްގެ ލައިސެންސް" 1 އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން.

މި އިޢުލާނަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ބޭނުންކުރަމުންގެންދާ ގޫގުލް ވޯކް ސްޕޭސް ލައިސެންސްގެ މުއްދަތު 1 އަހަރު ދުވަހަށް އައު ކުރުމަށްޓަކައި ކުރެވޭ އިޢުލާނެކެވެ.

 ވީމާ، މި މަސައްކަތް ކުރުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

  1. ޚިދުމަތް/ތަކެތި ފޯރުކޮށްދޭ ފަރާތަކީ ސަރުކާރުގެ ޤަވާއިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
  2. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ރެޖިސްޓްރޭޝަން ލިންކް  https://forms.gle/n7GHKCAAs6Sn3cLc8 މެދުވެރިކޮށް 8 ސެޕްޓެންބަރު 2026 ވާ އަންގާރަ ދުވަހުން ފެށިގެން 17 ސެޕްޓެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ.
  3. ފޯމު ފުރިހަމަ ކުރެއްވުމުން ކޮންފޮމޭޝަން މެސެޖް އީ-މެއިލްގެ ޒަރީއާއިން ލިބި ނުލައްވާނަމަ، ރަސްމީ ގަޑީގައި މި ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ނަންބަރު /65240296521665 އަށް ގުޅުއްވައި އެކަން އެންގުމަށްވެސް ދެންނެވީމެވެ.
  4. މި ބީލަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތުގެ ތަފްޞީލު، މި އިޢުލާނުގެ އެޓޭޗްމަންޓްސްގައި ހިމެނިފައިވާނެ އެވެ.
  5. މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވެލައްވާނަމަ 8 ސެޕްޓެންބަރު 2026 ވާ އަންގާރަ ދުވަހުން ފެށިގެން 17 ސެޕްޓެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ސަބްޖެކްޓުގައި އިޢުލާން ނަންބަރު ޖެހުމަށްފަހު، އީ-މެއިލް [email protected]  އަށް ފޮނުއްވުން އެދެމެވެ. އަދި އީ-މެއިލް ފޮނުވުމަށްފަހު މެއިލް ލިބުނުކަން ޔަޤީން ކުރެއްވުމަކީ ބީލަމުގައި ބައިވެރިވާން އެދޭ ފަރާތުގެ ޒިންމާއެކެވެ.
  6. ބީލަން ހުށަހެޅުމަށް މަޢުލޫމާތު ކަރުދާހުގެ އެނެކްސް 2 ގައިވާ "ބީލަން ހުށަހަޅާ ފޯމު" ފުރިހަމަ ކުރައްވާ ހުށަހަޅަން ވާނެއެވެ.
  7. ބީލަން ހުށަހެޅުމުގައި މި ބީލަމާއި ގުޅޭ އެންމެހާ މަޢުލޫމާތުތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
  8. ބީލަން ހުށަހަޅާއިރު ހުށަހަޅަންވާނީ ބީލަން ހުށަހެޅުމަށް އިރުޝާދު ދެވިފައިވާ ގޮތަށް ކަމުގައި ދަންނަވަމެވެ.
  9. ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.

ބީލަން ހުށަހެޅުން

  • ތަން: އަލިމަސް މާލަން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް)          
  • ތާރީޚް: 21 ސެޕްޓެންބަރު 2026 ވާ ހޯމަ ދުވަސް
  • ގަޑި: 11:00 ގައި
08 ސެޕްޓެންބަރު 2026
ހޯދާ