ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިރިލަންދޫ ތުނޑީ ރުއްތައް ވަރުވާއަށް ދިނުން

މިރަށު ތުނޑީ ސަރަޙައްދުގައިވާ 200 ރުއް، 2 އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ނަގައި ބެލެހެއްޓުމުގެ ފުރުޞަތު ހުޅުވައިލަމެވެ. ރުއްތައް ވަރުވާއަށް ލިޔެދެވޭނީ އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށެވެ. މިގޮތުން، ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ މަހަކަށް 1,500/- ރުފިޔާ އެވެ.

ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 20 ސެޕްޓެންބަރު 2026 ވާ އާދިއްތަ ދުވަހު 11:00 އަށް މި އިދާރާއަށް ދުރުވެ އަގު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަގު ހުށަހަޅާ ފޯމާއި އިތުރު މަޢުލޫމާތު ދިވެހި ސަރުކާރުގެ ގެޒެޓުންނާއި މި އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަގު ހުށަހަޅާ ފަރާތުގެ ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށް އިޢުލާނުކުރަމެވެ.

08 ސެޕްޓެންބަރު 2026
ހޯދާ