މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެންވޭރު ސަހަރާގެ އިރުމަތީ ފަރާތު އިންފާރު މަރާމާރު ކުރުމާއި، ސަހަރާގެ ހަތަރު ފަރާތު ފާރުގައި ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ، (2 ވަނަ އިޢުލާން)

ހެންވޭރު ސަހަރާގެ އިރުމަތީ ފަރާތު އިންފާރު މަރާމާރު ކުރުމާއި، ސަހަރާގެ ހަތަރު ފަރާތު ފާރުގައި ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކޮށްފައިވާ ނަންބަރު: (IUL)425-A2/1/2025/144 އިޢުލާނުގެ މަޢުލޫމާތު ކަރުދާހަށް ބަދަލުތަކެއް ގެންނަންޖެހުމާއި ގުޅިގެން، އެއިޢުލާނު ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި، އަގު ހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.

 

ތާރީޚް

ގަޑި

ތަން / ތަފްޞީލް

މަޢުލޫމާތު ސާފުކުރުން

14 ސެޕްޓެންބަރު 2026 (ހޯމަ)

13:00

މާލެ ސިޓީ ކައުންސިލް ހޯލް،  ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމް

އަގު ހުށަހެޅުން

21 ސެޕްޓެންބަރު 2026 (ހޯމަ)

13:00

މާލެ ސިޓީ ކައުންސިލް ހޯލް،  ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމް

މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ޙާޟިރުވާ ފަރާތަތަކުގެ އާންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

  • ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް ، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
  • މަޢުލޫމާތު ސެޝަނަށް ޚާޟިރުވާ ފަރާތްތަކަށް މިމަސައްކަތާއިގުޅޭ މަޢުލޫމާތު ކަރުދާސް ހިއްސާކުރެވޭނެއެވެ.
06 ސެޕްޓެންބަރު 2026
ހޯދާ