ދިވެހިރާއްޖެ
|
އެޑްމިނިސްޓްރޭޓިވް އެސޯސިއޭޓް |
މަޤާމް |
|
01 |
ބޭނުންވާ ޢަދަދު |
|
މަހަކު 5,600 ރުފިޔާ |
އަސާސީ މުސާރަ |
|
- މަންތްލީ ފިކްސްޑް އެލަވަންސް -/4650 ރުފިޔާ (ފިކްސްޑް) - ސަރވިސް އެލަވަންސް -/80 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް) - މުވައްޒަފުންނަށް ކުންފުނިން ފަހިކޮށްދޭ މެޑިކަލް ހެލްތް އިންޝުއަރެންސް. - ވަޒީފާއާއިބެހޭ ޤާނޫނުގެ ދަށުން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. - ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. - ސެޓްފިކެޓް ލެވަލް 7 އަދި 8 އަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އެޑިއުކޭޝަނަލް އެލަވަންސް. |
އިތުރު އިނާޔަތްތައް |
|
- މަތީ ސާނަވީ އިމްތިޙާނުގެ (އޭ-ލެވެލް) މަދުވެގެން 2 މާއްދާއިން 'ސީ' ފާސް ލިބިފައިވުމާއެކު، ދިވެހި މާއްދާއިން 'ސީ' ފާސް ހާސިލުކޮށްފައިވުން. |
ޝަރުތު |
|
- ސަރުކާރުގެ އިދާރާތަކުންނާއި އަމިއްލަ ފަރާތްތަކުން އީމެއިލް އަދި ޖެމްސް (GEMS) މެދުވެރިކޮށް ފޮނުވާ ލިޔެކިޔުންތައް ބަލައިގަނެ، އެ ތަކެތި އެންޓްރީކުރުމަށްފަހު ކަމާގުޅޭ ސެކްޝަންތަކަށް ނުވަތަ ޑިޕާޓްމަންޓްތަކަށް ފޮނުވުން. - ޑިޕާޓްމަންޓަށް ބޭނުންވާ ސްޓޭޝަނަރީއާއި އެހެނިހެން ތަކެތި އީ.އާރް.ޕީ (ERP) ސިސްޓަމް މެދުވެރިކޮށް ހޯދުމަށް ރިކުއެސްޓް ކުރުން. - ޑިޕާޓްމަންޓްގެ ޕެޓީ ކޭޝް ދުވަހުން ދުވަހަށް ބެލެހެއްޓުން. - ޑިޕާޓްމަންޓްގެ މުވައްޒަފުންގެ ހާޒިރީ ރެކޯޑުތައް ދުވަހުން ދުވަހަށް ބެލެހެއްޓުމާއި، އެޗް.އާރް ފޯކަލް ޕޮއިންޓެއްގެ ގޮތުން އަދާކުރަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް އުފުލުން. - ޑިޕާޓްމަންޓުން ކުރިއަށް ގެންދެވޭ ބައްދަލުވުންތައް އިންތިޒާމުކޮށް، ބައްދަލުވުންތަކުގެ ޔައުމިއްޔާ ބެލެހެއްޓުން. - ޑިޕާޓްމަންޓްގެ އިސްވެރިޔާއާއި މުވައްޒަފުން ކުރައްވާ ރަސްމީ ދަތުރުތައް، ކުންފުނީގެ ޓްރެވެލް ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން އިންތިޒާމުކުރުން. ދުވަހުން ދުވަހަށް ހަވާލުކުރެވޭ މުހިއްމު މަސައްކަތްތަކުގެ ފޮލޯއަޕް ބެލެހެއްޓުން. |
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު |
|
- ދުވާލަކު 8 ގަޑިއިރު (08:00 – 16:00) |
މަސައްކަތްކުރަންޖެހޭ ވަގުތު |
|
މޯލްޑިވްސް ޕޯޓްސް ލިމިޓަޑް – ހެޑް އޮފީސް |
މަސައްކަތް ކުރަންޖެހޭ ތަން |
|
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ - (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. - (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ) - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް |
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި |
|
2026 ސެޕްޓެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 15:30ގެ ކުރިން. |
ސުންގަޑި |
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2026 ސެޕްޓެންބަރު 12 އާއި 31 އާއި ދެމެދުގައެވެ. |
އިންޓަރވިއު މުއްދަތު |
|
މި މަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތައް އެމް.ޕީ.އެލްގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް ސެޕްޓެންބަރު 10 ވަނަ ދުވަހުގެ 15:30ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ. |
ހުށަހަޅަންޖެހޭ އޮފީސް |
|
ޖޮބް ޕޯޓަލް ލިންކް |
