ދިވެހިރާއްޖެ
އިޢުލާން
ކައުންސިލުން ނަގާފައިވާ ބާތަކެތި ނީލަން ކިއުމާއި ގުޅޭ
މިއިދާރާއިން ބައުވެގެން ހަލާކުވެގެން ނަގާފައިވާ ތިރީގައިވާ ތަކެތި ނީލަން ކިއުމަށް ވަނީ ހަމަޖެހިފައެވެ.
ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި
|
ނީލަން އޮންނަ ދުވަސް: |
07 ސެޕްޓެމްބަރ 2026 |
|
ގަޑި: |
09:00 |
|
ނީލަން އޮންނަ ތަން: |
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލް އިދާރާ |
ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްޞީލް
|
ޢަދަދު |
ބާވަތް |
ނީލަން ފެށޭއަގު |
|
- |
ރަށްވެހިގޭގެ ކަރަންޓް ވަޔަރިންގ ބަދަލުކޮށް ނަގާފައިވާ ކަރަންޓް ނަރާއި އެހެނިހެން ތަކެތި |
50 ރުފިޔާ |
މިނީލަމުގައި ވާހައި ގިނަ ފަރާތްތަކަކުން ބައިވެރިވެވަޑައިގެން ދެއްވުމަކީ މިއިދާރާގެ އެދުމެކެވެ. ނީލަމުން ނަންގަވާ ތަކެތީގެ އަގު 2026 ސެޕްޓެމްބަރ 07ވަނަ ދުވަހުގެ 10:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލް އިދާރާގެ ނަމްބަރ 7714700413001 (1286 ރެވެނިއު 1) އެކައުންޓަށް ޖަމާކުރަން ޖެހޭނެވެ. އަގު ނުދައްކާ ފަރާތްތަކުން ނީލަމުންނެންގެވި ތަކެތި އެހިސާބުން ކެންސަލް ކުރެވޭނެއެވެ. ނީލަމުން ނެގި ތަކެތި ގެންދެވޭނީ ނީލަން ފުރިހަމަ ކުރިކަމުގެ ލިއުން ކައުންސިލުން ދިނުމުންނެވެ.
ނީލަން ފުރިހަމަ ކުރައްވާ ފަރާތްތަކުން ނީލަމުން ނެންގެވި ތަކެތި 2026 ސެޕްޓެމްބަރ 07ވަނަ ދުވަހުގެ 12:00ގެ ކުރިން ގެންދަވަންވާނެއެވެ. އެވަގުތުގެ ތެރޭގައި ނުގެންދާ ތަކެތި އެފަރާތުން ބޭނުންނެތީ ކަމުގައި ބަލައި ކައުންސިލުން ބޭނުންވާގޮތަކަށް އެތަކެއްޗާއި މެދު ޢަމަލު ކުރެވޭނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
