މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"މުލީގައި ޤާއިމުކުރާ ގަހުގެ ނާސަރީ އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ"

އިޢުލާނު

"މުލީގައި ޤާއިމުކުރާ ގަހުގެ ނާސަރީ އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ"

މި ރަށުގައި ޤާއިމްކުރާ ގަހުގެ ނާސަރީ އެޅުމުގެ މަސައްކަތް ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުޅުވާލަމެވެ. މި ކަމަށް އެދި ހުށަހެޅޭނީ، ޤާނޫނު ނަންބަރ: 2014/19 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ޤާނޫނު: 2014/18 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނި ތަކަށެވެ.

ބީލަން ހުށަހެޅުމަށް، ފުރިހަމަ ކުރައްވަންޖެހޭ ރަޖިސްޓްރޭޝަން ފޯމު، މި އިޢުލާނާއެކު ޢާއްމު ކުރެވިފައިވާނެއެވެ. އަދި އެފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް މިއަދުންފެށިގެން 2026 ސެޕްޓެމްބަރ 10 ވަނަ ދުވަހުގެ 11.00 ގެ ނިޔަލަށް ބިޑް ރަޖިސްޓްރީ ފޯމް ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. އަދި ފުރިހަމަކޮށްފައިވާ ފޯމް މިދެންނެވި މުއްދަތުގައި، މި އިދާރާގެ އީމެއިލް ([email protected]) އަށް ފޮނުއްވުމުންވެސް ބަލައިގަންނާނެއެވެ.

މިއިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް މިއިދާރާގެ ނަމްބަރ 6720508 ފޯނަށް ގުޅުއްވުން އެދެމެވެ. މަސައްކަތުގެ އަންދާސީ ހިސާބު ހުށަހެޅުމަށް ބާއްވާ ބައްދަލުވުން އޮންނާނީ، 2026 ސެޕްޓެމްބަރ 16 ވާ ބުދަ ދުވަހުގެ 11:30ގައި މި އިދާރާގައި މިއިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. ބީލަން ހުންނަންވާނީ ސިޓީއުރައިގައި ބަންދު ކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން (މުލީގައި ޤާއިމުކުރާ ގަހުގެ ނާސަރީ އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ) އާއި ހުށައަޅަން ކަޑައެޅިފައިވާ ތާރީޚާއި ގަޑި އަދި ބީލަން ހުށައަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ނުކުރަށްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.މީގެ ކުރިން މިކަމަށް ކުރެވުނު ނަމްބަރ (IUL)365-MIM/365/2026/79  (03 ސެޕްޓެމްބަރ 2026) އިއުލާނުގައި ދީފައިވާ މުއްދަތު ކުރުކަމަށް ފެންނާތީ އެއިއުލާނު ވަނީ ބާތިލް ކުރެވިފައެވެ.

އިވެލުއޭޝަން ކްރައިޓީރިއާ

  • މަސައްކަތްކުރުމަށް ހުށައަޅާ އަގު: 70%(ހަތްދިހަ) ޕޮއިންޓް ( އެއްމެ ކުޑައަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
  • މަސައްކަތް ނިންމާނެ މުއްދަތު : 20% (ވިހި) ޕޮއިންޓް ( އެއްމެ ކުރު މުއްދަތު ބެންޗްމާކު ކަމުގައި ބަލައިގެން)
  • މަސައްކަތު ތަޖުރިބާ: 10% (ފަހެއް) ޕޮއިންޓް (ކޮންސްޓްރަކްޝަން މަސައްކަތްތަކަށް / ހުށަހަޅާ ކޮންމެ މަސައްކަތަކަށް ދެވޭނީ 2 ޕޮއިންޓް)

ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

06 ސެޕްޓެންބަރު 2026
ހޯދާ