ދިވެހިރާއްޖެ
ނަރުދަމާ ނިޒާމުގެ ހުޅަގުން އޮތް ސަރަހައްދާއި،"ދަންމަރު" ގޯތީ ހުޅަގު ދެކުނުން އޮތް "ހޯގުޅާތެޅިމަގު" އަދި ސަހަރާ ހުޅަގުން (ކައްފައިލާ ކޮޅުމަގު) ދެކުނަށް ހުރި ރުއްގަހުގައި މިހާރުވާނީ ފެހި، އަދި ކަޅު ސްޕްރޭއިން ނަންބަރުޖަހާފައެވެ. މިސަރަހައްދުތަކުގައި ހުރި ރުއްގަހުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.
- ޤަބުރުސްތާނާއި ނަރުދަމާ ނިޒާމްއާ ދެމެދު އޮތް ސަރަހައްދުގައި ހުރި ރުއްގަސް (ނަންބަރު 1-6 އަށް
- ކައްފައިލާ ކޮޅުމަގުގެ ދެކުނުކޮޅު ގަބުރުސްތާނުގެ ދެކުނު އިމުން ފެށިގެން ދެކުނަށް ހުރި ރުއްތައް (ނަންބަރު 1-7 )
- ހޯގުޅާތެޅި މަގު ، ދަންމަރު ގޯތީ ހުޅަގަށްވާގޮތަށް ހުރި ރުއްގަސް (ނަންބަރު 1-9 )
ވީމާ، އެ ސަރަހައްދުތަކުގައި އެއްވެސް ފަރާތެއްގެ ރުކެއް، ގަހެއް ހުރިނަމަ އެތަކެތީގައި ޖަހާފައިވާ ނަންބަރާއި އަދި އެއީ ކޮންފަރާތެއްގެ އެއްޗެއްކަން އެނގޭނޭ ގޮތަށް 2026 ސެޕްޓެމްބަރ 16 ވަނަ ދުވަހުގެ އޮފީސް ބަންދުކުރުމުގެ ކުރިން ލިޔުމުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިމުއްދަތު ހަމަވުމުން އިސްވެދެންނެވި ސަރަހައްދުގައި ހުރި ރުއްގަސް ނަގައި ބިން ސާފުކުރުމުގެ މަސައްކަތް މިކައުންސިލުން ކުރިޔަށް ގެންދާނެ ކަމުގައިވެސް ދަންނަވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.
21 ރަބީޢުލްއައްވަލު 1448
03 ސެޕްޓެމްބަރ 2026
