ދިވެހިރާއްޖެ
މި އިޢުލާންވަނީ 06 ސެޕްޓެންބަރު 2026 11:55 ގައި ބާތިލް ކުރެވިފައެވެ.
ކުރިން ޤުރްއާން ކުލާސް ހިންގި ޢިމާރާތުގެ އޮފީސްބައިގައި، 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ޤުރްއާން ކުލާހާއި ޓިއުޝަން ކުލާސް ފަދަ ތަޢުލީމީ ޚިދުމަތްތައް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 ސެޕްޓެމްބަރ 9 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، ފުރިހަމަކުރައްވާފައިވާ ބީލަން ފޯމު މި ކައުންސިލްގެ އީމެއިލް [email protected] އަށް ފޮނުއްވައިދެއްވުން އެދެމެވެ. މި އިޢުލާނާއެކު މަޢުލޫމާތު ކަރުދާހާއި ބީލަން ފޯމު އެއްކަރުދާސް ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
