ދިވެހިރާއްޖެ
ގޮނި ރެސްޓޯރެންޓާއި، ޕްލެޓްފޯމް ޑިޒައިންކޮށް ކުރަހައިދޭނެފަރާތެއް ހޯދުން
މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ގޮނި ރެސްޓޯރެންޓާއި، ޕްލެޓްފޯމް ޑިޒައިންކޮށް ކުރަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ވީމާ، މި ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން [email protected] އަށް 2026 ސެޕްޓެމްބަރ 13 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލްކޮށްދެއްވުން އެދެމެވެ.
މި ބީލަމާގުޅޭގޮތުން އިތުރު ޕްރީބިޑް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން
ބީލަން ހުޅުވުން އޮންނާނީ 2026 ސެޕްޓެމްބަރ 14 ވާ ހޯމަ ދުވަހުގެ 13:00 ގައި މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތައް ބަލައި ނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ބީލަން ހުށަހަޅަން ވެރިފަރާތް ނޫން އެހެން ފަރާތަކުން ހާޒިރުވާނަމަ އިޢުތިރާޒެއްނެތް ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
03 ސެޕްޓެމްބަރ 2026
21 ރަބީޢުލްއައްވަލް 1448
