ބ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ޕްރިންސިޕަލް ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމު:

ޕްރިންސިޕަލް ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމުގެ ނަންބަރު:

J-461913

ބޭނުންވާ އަދަދު:

1 ( އެކެއް )

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 8 – ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ބ. އަތޮޅު ހޮސްޕިޓަލް

މުސާރަ:

11620.00ރ (އެގާރާ ހާސް ހަސަތޭކަ ވިހި ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

މަޤާމުގެ އެލަވަންސް: މަހަކު 5420.00ރ

ހާޒިރީ އިނާޔަތް: 145.00ރ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ހޮސްޕިޓަލުގެ އެޗް.އާރު ސޮފްޓްވެއަރގެ ކަންތައްތައް ބެލެހެއްޓުމާއި ދުވަހުން ދުވަަހަށް ސޮފްޓްވެއަރ އަޕްޑޭޓް ކުރުން.
  2. މުވައްޒަފުންގެ އެންމެހާ ކަންތައްތައް ގަވާއިދާ އެއްގޮތަށް ކުރުމާއި، ހޮސްޕިޓަލަށް ލިބޭ މުވައްޒަފުންނާ ގުޅުންހުރި ލިއުންތަކާއި މުވައްޒަފުންނަށް އަންގަންޖެހޭ ލިއުންތައް ތައްޔާރުކޮށް މުވައްޒަފުންނަށް އެންގުމާއި ލިއުންތައް ބެލެހެއްޓުން.
  3. ހޮސްޕިޓަލުގެ އިދާރީ އޮނިގަނޑު، ވަޒީފާގެ އޮނިގަނޑު އަދި ސްޓާފް ރިކުއަމެންޓް ތައްޔާރުމުރުމާއި،ތައްޔާރުކުރެވިފައިވާ އިދާރީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރުން.
  4. ހޮސްޕިޓަލުގެ އޮނިގަނޑުގައި ހިމެނޭ މަގާމްތަކުގެ ވަޒީފާ ބަޔާންތައް އެކުލަވާލުމާއި އިސްލާހުކުރަންޖެހޭ ކަންތައްތައް އިސްލާހުކުރުމުގެ މަސައްކަތް ކުރުން.
  5. މުވައްޒަފުނާއި ބެހޭގޮތުން އަންނަ ޝަކުވާތަކާއި މުވައްޒަފުންގެ މައްސަލަތައް ބެލުމާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އެހީތެރިވުން. އަދި އޭގެ ލިޔެކިއުންތައް ލިޔެ ހަވާލުކުރަންޖެހޭޭ ފާރާތްތަކާއި ހަވާލުކޮށް ބެލެހެއްޓުން.
  6. ހޮސްޕިޓަލަށް ލިބޭ މަގާމަތަކަށް އިއުލާން ކުރުމާއި، އިންޓަރވިއުކުރުމާއި، މަގާމް ހަމަޖެއްސުމުގެ އެންމެހާ މަސައްކަތްތައް ކުރުން. އަދި އަތޮޅު ސިއްޙީމަރުކަޒުތަކުގެ މަގާމްތައް ހަމަޖެއްސުމުގައި އެހީތެރިވުން.
  7. ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ބެލުމުގެ ދަށުގައިވާ ސިއްހީމަރުކަޒުތަކުގެ މަސައްކަތްތައްބަލާ އެތަންތަނުގައި ހުރި މަގާމްތަކަށް އަންނަ ބަދަލުތައް ދިރާސާކޮށް އިތުރުކުރަންޖެހޭ ނުވަތަ އުނިކުރަންޖެހޭ މަގާމްތައް ފާހަގަކޮށް ކޮންމެ އަހަރަކު އެބަދަލު ގެނައުމުގެ މަސައްކަތް ކުރުން.
  8. ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ އޮނިގަނޑުތައް ތައްޔާރުކުރުމާއި، ތައްޔާރު ކުރެވިފައިވާ އޮނިގަނޑުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  9. ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުގައިވާ ސިއްހީމަރުކަޒުތަކަށް ބޭނުންވެގެން އުފައްދަންޖެހޭ މަގާމްތައް ގަވާއިދުން އުފެއްދުމުގެ މަސައްކަތް ކުރުން.
  10. ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުގައިވާ ސިއްހީމަރުކަޒުތަކަށް ބޭނުންވާ އިދާރީ މުވައްޒަފުންނާއި ޓެކްނިކަލް މުވައްޒަފުން ހަމަޖެއްސުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓުން.
  11. ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުގައިވާ ސިއްހީމަރުކަޒުގެ މުވައްޒަފުންނަށް އަދާކުރާ ވަޒީފާއާ ގުޅޭގޮތުން ދޭންޖެހޭ އެލަވަންސްތައް ދޭނެ މުވައްޒަފުން ކަނޑައެޅުމުގެ މަސައްކަތް ބެލުމާއި އެކަންކަން ކުރުން.
  12. ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުގައިވާ ސިއްހީމަރުކަޒުތަކަށް ބޭނުންވާ ޓްރޭނިންގ ތަކަކީ ކޮބައިތޯބަލާ، ޓްރޭނިންގ ފުރުސަތުތައް ހޯދުމަށް ޕްރޮޕޯސަލް ތައްޔާރުކުރުން. އަދި މުވައްޒަފުންނަށް އަންގަންޖެހޭ ޢާއްމު އުސޫލުތައް އެންގުމުގެ މަސައްކަތް ކުރުމާއި ދަށުގައިތިބޭ މުވައްޒަފުން ލައްވާ ކުރުވުން.
  13. ހޮސްޕިޓަލާއި ހޮސްޕިޓަކުގެ ދަށުގައިވާ ސިއްހީމަރުކަޒުތަކުގެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް " ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާބެހޭ އަތްމަތީ ފޮތުގައި" ވާ ގޮތުގެމަތިން ހިންގާ ބެލެހެއްޓުން.
  14. ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުގައިވާ ސިއްހީމަރުކަޒުތަކުގެ މުވައްޒަފުންގެ މުސާރަ ދިނުމަށްޓަކައި ބޭނުންވާ ލިޔެކިއުންތަކާއި މައުލޫމާތުތައްއެއްކޮށް (ކަނޑައެޅިފައިވާ މުއްދަތުގައި) މިނިސްޓްރީ އޮފް ހެލްތާއި ހިއްސާކުރުން.
  15. ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުގައިވާ މުވައްޒަފުންގެ ރެކޯޑްސްތައް ގަވާއިދުން ބެލެހެއްޓުން.
  16. ގުޅުންހުރި މަސައްކަތްތަކާ ގުޅޭގޮތުން އިދާރީ އެންމެހާ މަސައްކަތްތައް ދުވަހުން ދުވަހަށް ކުރަމުން ގެންދިއުން.
  17. ހޮސްޕިޓަލުން ކުރާ އައުޓްރީޗް ދަތުރުތަކުގައި ބައިވެރިވެ، އެޑްމިން / އެޗް.އާރުގެ މަސައްކަތްތައް ބަލައި ސުޕަވައިޒްކުރުން.
  18. ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުގައިވާ ސިއްހީމަރުކަޒުތަކުގެ މުސާރައިގެ ބަޖެޓު ހެދުން.
  19. ހޮސްޕިޓަލުގެ އޮފީސް ރަސްމީ ގަޑީގައި ހުޅުވަން އޮންނަ ގަޑިއަށް ހުޅުވުމާއި، އޮފީސް ބަންދު ކުރަންޖެހޭ ގަޑިއަށް ބަންދުކުރުން. އަދި ނުރަސްމީ ގަޑީގައި ހުޅުވަންޖެހޭ ހާލަތްތަކުގައި އިސް ވެރިއެއްގެ ލަފައާއެކު ހުޅުވައި ބަންދުކުރުން.
  20. ހޮސްޕިޓަލުގެ މުވައްޒަފުންގެ ޗުއްޓީއާއި ގުޅޭ އެންމެހައި ރެކޯޑުތައް ބެލެހެއްޓުމާއި، މުވައްޒަފުންގެ ލީވް ޕްލޭން ތައްޔާރުކޮށް ، ޕްލޭންއާއި އެއްގޮތަށް ޗުއްޓީ ދިނުމުގެ މަސައްކަތް ކުރުން.
  21. ޞިއްޙީ އިމަރޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

  • މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީއެއް ހާޞިލްކޮށްފައިވުން.
  • މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ހާޞިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް

  • އިދާރީ ހިންގުމާގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަނާ، ހިއުމަން ރިސޯސްއާއި، ފައިނޭންސްއާ ގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ތަޢުލީމީ ރޮނގު(ތައް):

- އެކައުންޓިންގ  

- އެކައުންޓިންގ އެންޑް ފައިނޭންސް  

- އެޑްމިނިސްޓްރޭޝަން  

- އޮޑިޓިންގ  

- ބިޒްނަސް  

- ބިޒްނަސް އެޑްމިނިސްޓްރޭޝަން  

- ބިޒްނަސް މެނޭޖްމަންޓް  

- ކޮމާރސް  

- ފައިނޭންސް  

- ފައިނޭންޝަލް މެނޭޖްމަންޓް  

- ފައިނޭންޝަލް ޕްލޭނިންގ  

- ހެލްތް އެޑްމިނިސްޓްރޭޝަން  

- ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން  

- ހެލްތް ކެއަރ މެނޭޖްމަންޓް  

- ހެލްތު މެނޭޖުމަންޓް  

- ހެލްތް ސަރވިސަސް އެޑްމިނިސްޓްރޭޝަން  

- ހެލްތް ސަރވިސަސް މެނޭޖްމަންޓް  

- ހޮސްޕިޓަލް އެޑްމިނިސްޓްރޭޝަން  

- ހޮސްޕިޓަލް މެނޭޖްމަންޓް  

- ހިއުމަން ރިސޯސް

- ހިޔުމަން ރިސޯސް މެނޭޖްމަންޓް

- އިންޓަރނަލް އޮޑިޓިންގ

- އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް

- އިސްލާމިކް ފައިނޭންސް

- ލެބޯޓަރީ ސައިންސް

- މެނޭޖްމަންޓް

- މެޑިކަލް ސައިންސް

- ނާސިންގ

- ޕަބްލިކް އެޑްމިނިސްޓްރޭޝަން

- ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް

- ޕަބްލިކް ފައިނޭންސް

- ޕަބްލިކް ހެލްތު އެޑްމިނިސްޓްރޭޝަން

- ޕަބްލިކް މެނޭޖްމަންޓް

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: ނެތް

މަޤާމުގެ ކޯ ޑިސިޕްލިން: ނެތް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑުޖަހާފައިވާ، މަތީތަޢުލީމުދޭ ރާއްޖެއިންބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމައަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 ގެ 12.5 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ސެޕްޓެމްބަރ 2026 ގެ 14:00 ގެ ކުރިން، ބ. އަތޮޅު ހޮސްޕިޓަލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު، އަދި އެސެސްމެންޓް، އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމަންޓް، އަދި އިންޓަރވިއު އޮންނާނީ 20 ސެޕްޓެމްބަރ އާއި 08 އޮކްޓޯބަރ 2026 އާއި ދެމެދު ބ. އަތޮޅު ހޮސްޕިޓަލުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6600256 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (ރެކްރޫޓްމަންޓް އުޞޫލު | Civil Service Commission Maldives (csc.gov.mv))އިން ލިބެން ހުންނާނެއެވެ.

03 ސެޕްޓެންބަރު 2026
ހޯދާ