ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ - ގަން ކެމްޕަސް / ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

މަޤާމް :Senior Administrative Officer
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރާ އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ގަން ކެމްޕަސް

ޑިޕާޓްމަންޓް:

އެޑްމިން

ގްރޭޑް:

7

ސްޕައިން:

31

އަސާސީ މުސާރަ:

މަހަކު 8,850.77 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު  3,793.19 ރުފިޔާ

ވަޒީފާގެ ބާވަތް:

ދާއިމީ

އިނާޔަޔްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
  • ސްޓާފް ޖިމް ފެސިލިޓީ
  • ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތުތައް:

  • މަސައްކަތާ ގުޅޭ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސަރޓިފިކެޓެއް ލިބިފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 1 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކެމްޕަހުގެ އިދާރީ ހިންގުމުގެ ކަންކަން ކެމްޕަސް މެނޭޖަރުގެ ލަފާގެ މަތިން ބަލާ ވިލަރެސްކޮށް، ތަނަށް ލިބޭ ސިޓީއާއި ލިޔެކިޔުންތައް ޤަވާޢިދުން ބަލައިގަނޭތޯ ބެލުމާއި، ޖަވާބުދާރީވޭތޯ ބެލުމާއި، ކެމްޕަސްގެ އިދާރީ ހިންގުމާއި ގުޅޭ ފައިލިންގ ސިސްޓަމް ބެލެހެއްޓުން.
  2. އޮފީހުގެ އެކްސެސް ކޮންޓްރޯލް ސިސްޓަމް ޝެޑިއުލް ތައްޔާރުކުމާއި ގެންނަންޖެހޭ ބަދަލުތައް އައި.ޓީ ސެކްޝަނާ ހިއްސާކުރުމާއި، އޮފީސް ހުޅުވާ ލެއްޕުމުގެ ހުއްދަ ދިނުމުގެ ކަންކަން އިދާރީގޮތުން ބެލެހެއްޓުން.
  3. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގައި އެންޓްރީ ނަގާ ކަމާ ބެހޭ ވެރިޔެއްގެ އަރިހަށް ގެންދިޔުން.
  4. ކެމްޕަސް އަށް ލިބޭ ލިޔެކިޔުންތަކުގެ ތެރެއިން ޖަވާބުދޭން ޖެހޭ ސިޓީ/އީމެއިލަށް ވެރިޔެއްގެ މަޝްވަރާގެ މަތިން ޖަވާބު ފޮނުވުން.
  5. ބައްދަލުވުންތައް ބޭއްވުމަށް ކުރަންޖެހޭ ތައްޔާރީތައް ކުރުން އަދި ބާއްވާ އެކިއެކި ބައްދަލުވުންތަކުގެ އެޖެންޑާ އާއި ޔައުމިއްޔާ ލިޔެ ތައްޔާރުކުރުމާއި ބައްދަލުވުން ތަކުގައި މަޝްވަރާ ކުރެވޭ ކަންތައްތައް ފޮލޯއަޕް ހެދުމާއި އެކަންތައްތައް މޮނީޓަރކޮށް އޭގެ މައްޗަށް ބިނާކޮށް ހަދަންޖެހޭ ރިޕޯޓްތައް ހެދުން .
  6. ކެމްޕަސްގެ މަޤާމުތަކަށް ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރުމާއި، ވަޒީފާގައި ދެމިހުރުމުގައި އެޗް.އާރް އިން އެދޭ އެންމެހާ ކަންކަމުގައި އެހީތެރި ވުމާއި ފޮނުވަންޖެހޭ ރިޕޯރޓްތަކާއި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކޮށްދީ ފޮނުވުމާއި އިދާރީގޮތުން ބަލަހައްޓަންޖެހޭ ރިކޯޑުތައް ބެލެހެއްޓުން.
  7. ރިސެޕްޝަނަށް އަންނަ ފޯން ކޯލްތަކަށް ޖަވާބުދާރީ ވުމާއި، ތަނަށް ޒިޔާރަތްކުރާ އެންމެހާ ފަރާތްތަކަށް ކަސްޓަމާރ ސާރވިސް ދިނުން.
  8. ޤަވާޢިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ސްޓޮކް ބެލެހެއްޓުމުގެ އެންމެހައި ކަންކަން ކުރިޔަށް ގެންދިޔުން.
  9. ކެމްޕަސްއިން ކުރާ މުހިންމު ކަންކަން ތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުން. މިގޮތުން، ކޯސްތައް އިޝްތިހާރުކުރުމަށް ކުރާ ދަތުރުތަކާއި ހަރަކާތްތަކުގައި ބައިވެރިވުމާއި، އޯޕަން ޑޭ ބޭއްވުން، ޖޮބްފެސްޓިވަލް، ސުކޫލްތަކަށް ޒިޔާރަތް ކުރުން، ޖަލްސާތައް ބޭއްވުން ފަދަ ކަންކަން އިންތިޒާމް ކޮށް ހިންގުމުގައި ކެމްޕަސް މެނޭޖަރ އަދި މިފަދަ ކަންކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ބައިވެރިވެ ފުރިހަމަ އެހީތެރިކަން ދިނުން.
  10. ކެމްޕަހުގެ ހަރަކާތްތަކުގެ ފޮޓޯ ވީޑިއޯ ނެގުމާއި، ޚަބަރުތައް ލިޔުމާއި، ގްރެފިކްސް މަސައްކަތްކުރުމާއި،  ހިންގާ ހަރާކަތްތައް ކެމްޕަހުގެ ނިވްސްލެޓަރ އާއި ކެމްޕަހުގެ ވެބްސައިޓުގައި ގަވާއިދުން ޝާއިއުކުރުމާއި ކެމްޕަހުގެ މީސްމީޑިއާ އެކައުންޓްތައް ބަލަހައްޓާ އަޕްޑޭޓްކުރުން.
  11. ޓާގެޓްތައް ޙާޞިލްކޮށް، މަސައްކަތުގެ ނަތީޖާ އަވަސްކޮށް، ގުޅިގެން މަސައްކަތްކުރުމަށް ކެންޕަހުގައި ބޭނުންކުރާ އޮޓޯމޭޝަން ސިސްޓަމްތަކަށް އަހުލުވެރިވެ، އެފަދަ ސިސްޓަމްތަކުގައި މަސައްކަތްތައް އަދާހަމަކުރަމުން ކުރިޔަށްގެންދިޔުން.
  12. އިތުރުގަޑިގައި މަސައްކަތް ކުރަންޖެހޭ ނަމަ އަންގާގޮތެއްގެ މަތިން އިތުރުގަޑީގެ ޑިޔުޓީތައް އަދާކުރުމާއި ސަލާމް ބުނާ މުވައްޒަފުންނާއި ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ކެމްޕަސް މެނޭޖަރު އަންގަވާ ގޮތެއްގެ މަތިން ކުރުން.

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ. އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2026  ސެޕްޓެމްބަރ 14 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNU-HR2026-190

 

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

 

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345203 ނަންބަރު ފޯނަށެވެ.
02 ސެޕްޓެންބަރު 2026
ހޯދާ