މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަޕޯޓް ސްޓާފް (ސަޕޯޓް ސްޓާފް)

 ނަންބަރު: (IUL)303-CA/303/2026/40

ވަޒީފާގެ ފުރުސަތު

މަޤާމް:              ސަޕޯޓް ސްޓާފް

މަޤާމުގެ އަދަދު:        2

މަޤާމުގެ ގިންތި:        ކޮންޓްރެޓް (2 އަހަރު)

މަސައްކަތް ކުރާތަން:     މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ރ. އުނގުލު  

މުސާރަ:             3300.00 (ތިންހާސް ތިންސަތޭކަ ރުފިޔާ)

ސާރވިސް އެލަވަންސް:   މުސާރައިގެ %30 (990.00)

ހާޒިރީ އެލަވަންސް:      މުސާރައިގެ %20 (660.00)

މިނިމަމްވޭޖް އެލަވަންސް:   މިނިމަމް ވޭޖްގެގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ލިބޭނަމަ، އެ އަދަދު                            ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް.

ކޮއްތު ފައިސާ:         މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް، ހެނދުނު ސައި 40.00 ރުފިޔާ ، މެންދުރު ކެއުން 60.00 ރުފިޔާ

މަސައްކަތް ކުރައްޖެހޭ ވަގުތު: ހުކުރު ދުވަސް ފިޔަވާ ހަފުތާގެ ކޮންމެ ދުވަހަކު މަސައްކަތްކުރުން (ހެނދުނު 07:00 ން މެންދުރުފަހު 15:00އަށް)     

ފެންވަރު ނުވަތަ ޝަރުތު:

1-      އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން

2-      ސިއްޙަތު ރަގަޅުމީހަކު ކަމުގައިވުން

3-      ގިނަވަގުތު މަސައްކަތު އުޅެވޭ މީހެއްކަމުގައިވުން

މަޤާމަށް މީހަކު ހޮވުމުގައި ލިބިފައިވާ ތަޖުރިބާއާއި އިންޓަވިއުއަށް ބެލެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:  

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރި ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން .
  3. ކައުންސިލުން އަންގާ ގޮތެއްގެ މަތިން ރަށަށް އަރާ ފައިބާ ފަރާތްތައް ބަލާ މޮނިޓާރކުރުން.
  4. ކޮންމެ ދުވަހަކުވެސް ރުއްތަކުން ފައިބާ ކާށި ހޮވާ އެއްތާކަށް ޖަމާކުރުން
  5. ކައުންސިލުން އަންގާ ގޮތެއްގެ މަތިން ރަށުތެރެ ސާފުކޮށް ބެލެހެއްޓުން.
  6. ރަށުގައި ރުއްރުކާއި ގަސްގާހާގެހި އާލާކުރުމާއި، ރަށުގައި ހައްދާ ބާވަތްތަކުގެ ރުއްރުކާއި ގަސްގަހާގެހި ބެލެހެއްޓުން.
  7. މަގުތަކުގައި ގަސްއިންދުމަށް ހާއްސަކޮށްފައިވާ ތަންތަނުގައި ގަސްއިންދާ ފެންދީ ބެލެހެއްޓުން
  8. މީގެ އިތުރުން ކައުންސިލުން އިސްނަގައިގެން ކުރާ އެންމެހާ ކަންކަމުގައި ބައިވެރިވުން
  9. ކައުންސިލުން ހަވާލުކުރާ އެންމެހާ މަސައްކަތްތައް ކުރުން.

 

ހުށަހަޅަންޖެހޭ ތަކެތި:    1- ވަޒީފާއަށް އެދި ހުށަހަޅާ ފޯމް

                 2- އައިޑީ ކާޑް (ކިޔަން އެނގޭ ސާފު) ކޮޕީ

                 3- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ލީވިންގ ސެޓްޕިކެޓްގެ ކޮޕީ

                 4- އެހެން ތަނެއްގެ ވަޒީފާއެއްގައި އުޅެފައިވާނަމަ އުޅެފައިވާ މުއްދަތު އެނގޭގޮތަށް ތައްގަޑުޖެހި ލިޔުން.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:  މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލް އިދާރާ

ވަޒީފާއަށް އެދި ހުށަހެޅުމުގެ ސުންގަޑި : 07 ސެޕްޓެމްބަރ 2026،  ހޯމަ ދުވަހުގެ 12:00 ޖެހުމުގެ ކުރިން މިއިދާރާއަށެވެ.

މިމަޤާމަށް އެދިހުށައަޅާ ފަރާތްތަކަށް އިންޓަވިއުކުރުން އޮންނާނީ 2026 ސެޕްޓެމްބަރ 13 ން 17 އާއި ދެމެދު، ރ. އުނގޫފާރު ކައުންސިލްއިދާރާގައެވެ.

31 އޮގަސްޓް 2026
ހޯދާ