ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ހޯރަފުށީ ފަޅުގެ އުތުރު ފަރާތުގައި މަސްކަނޑާ ދެ އަށި ހަދައިދޭނެ ފަރާތެއް ހޯދުން

ހއ. ހޯރަފުށީފަޅުގެ އުތުރު ފަރާތުގައި މަސްކަނޑާ ދެ  އަށި ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މަޢުލޫމާތު ކަރުދާހުގައި ދީފައިވާ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ބީލަމުގައި ރަޖިސްޓަރީކުރެއްވުމަށްފަހު، ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާ ގުޅޭ ބީލަން ފޮތް، މަޢުލޫމާތު ކަރުދާސް އަދި ކުރެހުންތައް މި އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޑައުންލޯޑް ކުރެވޭ ގޮތަށް އެއްހީރަސްކޮށްފައިވާނެއެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ރަޖިސްޓަރީވުމުގެ ސުންގަޑި

06 ސެޕްޓެންބަރު 2026

އާދީއްތަ

11:00

ބީލަން ހުށަހެޅުން

09 ސެޕްޓެންބަރު 2026

ބުރާސްފަތި

11:00

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން:

ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑި ހަމަވުމުގެ ކުރިން ތިރީގައިވާ ލިންކުގައިވާ ފޯމް ފުރިހަމަ ކުރުން އެދެމެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ސުންގަޑި ހަމަވުމުގެ ކުރިން ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.

https://forms.gle/D7mHxqGf4DgSrmBD8

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500030 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

              ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                      18 ރަބީޢުލްއައްވަލް 1447  

31 އޮގަސްޓް 2026
ހޯދާ