ދިވެހިރާއްޖެ
މި މިނިސްޓްރީގެ އިޢުލާން ނަންބަރު: (IUL) 23/23/2026/227 އާއި ގުޅިގެން ދަންނަވަމެވެ.
މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ ފަރާތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެމީހުންގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން އެވޯޑު ދިމުނުމަށް ނިންމާފައިވާތީ، މިއެވޯޑަށް ކުރިމަތިލުމުގެ މުއްދަތު 17 ސެޕްޓެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ވަނީ އިތުރުކުރެވިފައެވެ.
އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ ލިޔުމާއި އެޕްލިކޭޝަން ފޯމް މިނިސްޓްރީ އޮފް ހެލްތް،ފެމިލީ އެންޑް ވެލްފެއަރ، އުމަރު ޒާހިރު އޮފީސް ބިލްޑިންގް، ހުޅުމާލެ ގެ ކައުންޓަރުންނާއި، މި މިނިސްޓްރީގެ ވެބްސައިޓްwww.health.gov.mv އަދި މިނިސްޓްރީގެ ދަށުން އަތޮޅުތެރޭގައި ޤާއިމް ކުރެވިފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކުން ލިބިވަޑައިގަންނަވާނެއެވެ.
