ދިވެހިރާއްޖެ
އިޢުލާން
ހިއުމަން ރައިޓްސް ޑިފެންޑަރުންގެ ތަމްރީނު ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުޞަތު
އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ފަރާތްތައް ބިނާކުރުމަށްޓަކައި މި ކޮމިޝަންގެ ފަރާތުން "ހިއުމަން ރައިޓްސް ޑިފެންޑަރސް ޕްރޮގްރާމް"ގެ ނަމުގައި ހައްދުންމަތީ ގަމުގައި ކުރިއަށް ގެންދިޔުމަށް ރާވާފައިވާ 5 ދުވަހުގެ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހައްދުންމަތީގެ ރަށްތަކުގައި ހަރަކާތްތެރިވާ މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކާއި އަމިއްލަ ހައިސިއްޔަތުން އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ހިއުމަން ރައިޓްސް ޑިފެންޑަރުންނާއި އަދި، އިންސާނީ ހައްޤުތަކަށް ވަކާލާތު ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލަމެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2026 ސެޕްޓެމްބަރ 20- 24 އަށް ހައްދުންމަތީ ގަމުގައެވެ.
ހިއުމަން ރައިޓްސް ޑިފެންޑަރސް ޕްރޮގްރާމްގެ މަޤްޞަދަކީ އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ފަރާތްތައް ބިނާކޮށް އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރާ ސަޤާފަތެއް ޤާއިމުކޮށް، އިންސާނީ ޙައްޤުތަކުގެ ރޫޙް އާލާކޮށް، ޙިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ ފަރާތްތަކާއި ޖަމްއިއްޔާ ޖަމާއަތްތައް ތަމްރީނުކޮށް ބާރުވެރިކުރުމެވެ.
މި ތަމްރީނު ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް އިންސާނީ ހައްޤުތަކާ ގުޅޭ މައުލޫމާތާއި، ބައިނަލްއަގުވާމީ އަދި ގައުމީ އިންސާނީ ހައްޤުތަކުގެ ނިޒާމުގެ މައުލޫމާތާއި، ހިއުމަން ރައިޓްސް ޑިފެންޑަރުންގެ މަސައްކަތްތަކާއި، ހައްޤުތަކަށް ވަކާލާތު ކުރާނެ ގޮތްތަކާއި، އެޑްވަކަސީ ކެމްޕޭންތައް ރާވާ ހިންގުމާ ގުޅޭ މައުލޫމާތު ލިބިގެންދާނެއެވެ. އަދި، ކޮމިޝަނުން ކުރިއަށްގެންދާ އިތުރު ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގައި މި ޕްރޮގްރާމް ފުރިހަމަ ކުރައްވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ގަމާއި ފޮނަދޫ ފިޔަވާ އެހެން ރަށްތަކުގެ ބައިވެރިންނަށް ފެރީގެ ޚަރަދާއި ކެއުމާއި ހުރުމުގެ ޚަރަދުގެ އިތުރުން ގަމުގެ އެތެރޭގެ ދަތުރުފަތުރުގެ ޚަރަދު ދައުލަތުގެ ރޭޓުން ހަމަޖެހިގެންދާނެއެވެ. އަދި ފޮނަދޫން ބައިވެރިވާ ފަރާތްތަކަށް ގަމުން ފޮނަދޫއަށް ދިޔުމާއި އެނބުރި އައުމުގެ ޚަރަދު ހަމަޖައްސާ ދެވޭނެ އެވެ. އަދި ޓްރޭނިންގ އޮންނަ ގަޑިތަކުގައި ހުރިހާ ބައިވެރިންނަށްވެސް ކެއުން ހަމަޖެހޭނެ އެވެ.
ކަނޑައެޅިފައިވާ އަދަދަށްވުރެ ގިނަ ފަރާތްތަކުން މި ޕްރޮގްރާމްގައި ބައިވެރިވުމަށް ރަޖިސްޓަރކޮށްފައިވާނަމަ، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ދިނުމުގައި، އިންސާނީ ހައްޤުތައް ރައްކާތެރިކޮށް، ކުރިއެރުވުމުގެ މަސައްކަތްކުރާ ފަރާތްތަކަށާއި ޖަމްއިއްޔާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ވީމާ، ހިއުމަން ރައިޓްސް ޑިފެންޑަރުންގެ ތަމްރީނު ޕްރޮގުރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 ސެޕްޓެމްބަރ 03 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުން އެދެމެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 3003164 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
https://forms.cloud.microsoft/r/PtQV2X87zi
