ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިމަރަފުށީ ބަނދަރު ތެޔޮގުދަނުން ފެށިގެން ދެކުނަށް އޮތް ހުސްބިން، ސަންރައިޒް ފާކް ، ބަށިކޯޓް ، ޓާފްދަނޑު އަދި ކާޑުގެ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

ނަންބަރު: (IUL)391/391/2026/94

އިޢުލާން

 

ތިމަރަފުށީ ބަނދަރު ތެޔޮގުދަނުން ފެށިގެން ދެކުނަށް އޮތް ހުސްބިން، ސަންރައިޒް ފާކް ، ބަށިކޯޓް ، ޓާފްދަނޑު އަދި ކާޑުގެ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

        ތ. ތިމަރަފުށީ ކައުންސިލްގެ އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް، މި އިދާރާއިން ކަނޑައަޅާފައިވާ ބިންތަކާއި ޢިމާރާތްތަކުގެ އެތެރެއާއި ބޭރު ކުނިކަހައި ސާފުކޮށް، ވިނަނޮޅައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު ((IUL)391/391/2026/85) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގު ބަޖެޓަށްވުރެ ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ސާފުކުރަންޖެހޭ ތަންތަން:

  1. ބަށި ކޯޓު
  1. ބަނދަރުމަތީ ތެޔޮގުދަނުން ފެށިގެން ދެކުނަށް އޮތް ހުސްބިން
  2. ހިއްކި ސަރަހައްދު ޓާފް ދަނޑު ވަށައިގެން 10 ފޫޓް
  1. ސަންރައިޒް ޕާކް (އެސްޖޭ ޕާކް)
  1. ކާޑުގެ

އަންދާސީ ހިސާބު ހުށަހެޅުން: 30 އޮގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގައި އޮންނާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅަންވާނީ، މިކަމަށް ތައްޔާރުކޮށް މިއިދާރާއިން ދޫކުރާ ފޯމުގައެވެ. އަދި  މި އިޢުލާނާއެކު އަގު ހުށަހަޅާ ފޯމުތައް އެޓޭޗް ކުރެވިފައިވާނެއެވެ. އަގު ހުށަހަޅާނީ ސާފުކުރަންޖެހޭ ކޮންމެ ތަނަކަށް ވަކި ފޯމެކެވެ.

މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަދި ބިޑް ހުށަހަޅުއްވާނީ މިއިދާރާއިން ފޯރުކޮށްދޭ ފޯމުގައެވެ. އަދި ފޯމުގައި ބިޑާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހިމެނިފައިވާނެއެވެ.އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6780674 ނަންބަރާ ގުޅުއްވުން އެދެމެވެ. އަދި ފޯމުގައި ބިޑާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހިމެނިފައިވާނެއެވެ. 

މިހެންވެ، މިކަންޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

24 އޮގަސްޓް 2026
ހޯދާ