ދިވެހިރާއްޖެ
މާލޭ އިރުމަތީ ފަރާތު އަލިމަސް ކާނިވާ ސަރަޙައްދުގައި ހުންނަ ސްޓޭޖްގެ މަތިން ދަގަނޑު ޓްރަސް އަޅައިގެން ހަދާފައިވާ ބައިތައް ފީވެ، ހަލާކުވެގެން އޭގެ ބައެއް ބައިތައް ވެއްޓެމުންދާތީ އެ ސަރަހައްދަށް ވަދެ ނުކުމެވާ މީހުންނާއި ދުއްވާ އެއްޗެހީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ސްޓޭޖްގެ ދަގަނޑުން ހަދާފައިވާ ބައިތައް ރޫޅާލާ އެތަކެތި ނަގާ ތަން ހުސްކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަމެވެ. އެހެންކަމުން މިހާރު އެސަރަހައްދުގައި ޕާކުކޮށްފައިވާ ހުރި ވެހިކަލްތައް އެތަކެތީގެ ވެރިފަރާތްތަކުންނާއި ވެހިކަލްތައް ދުއްވާ، ބަލަހައްޓަވާ ފަރާތްތަކުން ސެޓޭޖް ރޫޅާލުމުގެ މަސައްކަތް ނިމެންދެން އެ ސަރަޙައްދުން ވެހިކަލްތައް ނަންގަވާ 25 އޮގަސްޓް 2026 ވަނަ ދުވަހުގެ 23:30 ގެ ކުރިން ތަން ހުސްކޮށްދެއްވުން އެދެމެވެ.
ވީމާ، ކާނިވާ ސްޓޭޖް ސަރަހައްދު ރޫޅާލުމުގެ މަސައްކަތް ނިމެންދެން އެ ސަރަހައްދަށް ހިނގާމީހުންނާއި ދުއްވާ އެއްޗެހި ވަދެ ނުހެދުމަށް ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
