ދިވެހިރާއްޖެ
ވިއްސާރަ ދުވަސްތަކުގައި ގޯތިތަކުގެ މަގުމައްޗާވީ ފަޅިއަށްވާގޮތަށް އިމާރާތްކޮށްފައި ހުންނަ އިމާރާތްތަކުގެ ފުރާޅުތަކާއި، ދިޔަދޮވިތަކުން މަގުމައްޗަށް ފެންފައިބާ، މަގުގައި ފެންބޮޑުވެ މަގުތަކުގައި ހިނގާ ފަރާތްތަކާއި ދުއްވާ އެއްޗެހި ދުއްވުމުގައި އުދަނގޫތައް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ މިކައުންސިލަށް ދަނީ ލިބެމުންނެވެ.
މަޑަވެލި ކައުންސިލްގެ ޤަވާއިދު ނަމްބަރު: "2013/R-2068 ގޭގެ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާ ބެހޭ ގަވާއިދު" 4 ވަނަ މާއްދާގައި "މަގުމަތީ އިމާ ގުޅިގެން ކޮށްފައި ހުންނަ އިމާރާތްތަށް ހިޔާކުރުން" މި މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ގޯތިތަކުގެ އިމުގެ މަގުމައްޗާވީ ފަޅިން އިމާރާތްކޮށްފަ ހުންނަ ބިނާތައް މަގުމައްޗަށް ފެންފަހިވާ ގޮތަށް ބަހައްޓާފައި ހުރުމަކީ މަނާކަމެކެވެ. އަދި ފުރާޅުގައި ދިޔަދޮވިލައި ހޮޅި ގުޅައި މަގުމައްޗަށް ފުރާޅުން ފެން ނުފައިބާ ގޮތަށް ހަދަންވާނެއެވެ. އަދި މި ޤަވާއިދުގެ 6 ވަނަ މާއްދާގައި މި އުސޫލުގައިވާ ގޮތުގެ މަތިން ގޭގެ ފުރާޅުން މަގުމައްޗަށް ފެން ހިންދޭގޮތަށް ބަހައްޓާފައިވާ ފަރާތްތަށް، ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
ވީމާ،ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ އިމުގެ މަގުމައްޗާވީ ފަޅިން އިމާރާތްކޮށްފައި ހުންނަ ބިނާތައް މަގުމައްޗަށް ފެންފަހިވާގޮތަށް ހިޔާ ކުރުމަށާއި، ފުރާޅުގައި ދިޔަދޮވިލައި ފުރާޅުން މަގުމައްޗަށް ފެން ނުފައިބާ ގޮތަށް، މިއަދުން ފެށިގެން 01 މަސް ދުވަސްތެރޭ އިސްލާޙުކުރުމަށް ދެންނެވީމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
