އައިލެންޑް ބެވަރެޖަޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭތިއްބުމަށް ބޭނުންވާ އެކޮމޮޑޭޝަން ހޯދުމަށް - މާލެ

 16 އޯގަސްޓް 2026 ވަނަ ދުވަހު ކުރެވުނު އިއުލާން (ނަންބަރު: IBM-PR/ADV/2026/07) އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ ތިންވަނަ ފަހަރަށް އިއުލާން ކުރުން.

އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ބިދޭސީ މުވައްޒަފުން ބޭތިއްބުމަށް މާލެއިން 3 ކޮޓަރީގެ އެކޮމޮޑޭޝަނެއް ހޯދުމަށް ބޭނުންވެއެވެ. މިކަމާއި ބެހޭ ގޮތުން މިކުންފުނިން ބޭނުންވާ ބައެއް ޝަރުތުތައް މިއިޢުލާނުގެ ތިރީގައި ބަޔާންކޮށްފައިވާނެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

  1. ކުއްޔަށް ހިފާ ތަނުގައި ހުންނަން ޖެހޭ މުހިންމު ޝަރުތުތައް
  • ރިކުއާމަންޓް މިއުލާނުގައި އެޓޭޗް ކުރެވިފައިވާނެ

 

  • 2.       ބީލަމާއެކު ހުށަހަޅަންޖެހޭ ތަކެތި
  • ކޯޓޭޝަން (މުއްދަތު: 2 އަހަރު، ކުލި އަދި އެޑްވާންގެ ތަފްޞީލް)
  • ކުންފުނީގެ ރެޖިސްޓްރޭޝަން/ އައި.ޑީ ކާޑް ކޮޕީ
  • ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ކޮޕީ (ޖީ.އެސް.ޓީ ރަޖިސްޓާޑް ފަރާތެއް ނަމަ)
  • ބިޒްނަސް ޕްރޮފައިލް ޝީޓް (30 ދުވަސް ހަމަނުވާ)
  • ގުޅޭނެ ފަރާތެއްގެ ނަމާއި ނަންބަރ
  • ތަނުގެ ކުރެހުން  (މިންތައް އެނގޭ ގޮތަށް)
  • ވެރިފަރާތް ނޫން އެހެން ފަރާތަކުން ކުއްޔަށް ދޭ އިމާރާތެއްނަމަ، އެފަރާތަކީ އެއިމާރާތް ކުއްޔަށް ދޫކުރެވޭނެ ފަރާތެއްކަން އަންގައިދޭ ލިޔުމެއް

 

  • .3. އިވެލުއޭޝަން ކްރައިޓީރިއާ

މި ކަރުދާހުގައި ބީލަންވެރިޔާގެ އަދި ހުށަހަޅާ ޖާގާގައި ހުންނަން ޖެހޭނެ ކަމަށް ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަ ވާންވާނެއެވެ، އަދި ތަން ޙަވާލު ކުރާއިރު ފުރިހަމަވެފައި ހުންނަން ޖެހޭނެ ކަމަށް ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަވާނެ ކަން ކަށަވަރުކޮށްދޭން ވާނެއެވެ. އަދި ތަން ޙަވާލު ކުރާނެ ތާރީޚް ބީލަމުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

ކްރައިޓީރިއާ

މާކްސްދެވޭ އިންސައްތަ

ބީލަމުގެ އަގު (މަހު ކުލި)

75%

ޑިޕޮސިޓް

10%

ކުއްޔައްދޫކުރާ ތަނުގެ ސައިޒާއި ރައްކާތެރިކަން

5%

ކުއްޔައްދޫކުރާތަނުގެ ފަރާތުންދޭ ސަޕޯޓް ސާރވިސް

5%

ކުއްޔައްދޫކުރާ ތަނުގެ ލޮކޭޝަން

5%

 4.    ބިޑް ކުރިއަށްދާނެ ގޮތުގެ ތާވަލް

ތަފްސީލް

ތާރީހް

ގަޑި

ތަން

މައުލޫމާތު ސާފުކުރުން

 

26 އޯގަސްޓް 2026

10:00ގެ ކުރިން

[email protected]  އަށް މެއިލްގެ ޒަރިއްޔާއިން

ބިޑް ހުށައެޅުން

 

27 އޯގަސްޓް 2026

10:00ގެ ކުރިން

[email protected]  އަށް މެއިލްގެ ޒަރިއްޔާއިން

ޝުކުރިއްޔާ

 

24 އޮގަސްޓް 2026
ހޯދާ