މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޑާމުގެ މަސައްކަތަށް ބިން ކުއްޔަށް ދޫކުރުމާގުޅޭ

 

ވަޑާމުގެ މަސައްކަތަށް ބިން ކުއްޔަށް ދޫކުރުމާގުޅޭ

    ނ.ވެލިދޫ އިންޑަސްޓްރިއަލް ޒޯންއިން ވަޑާމުގެ މަސައްކަތްތައް ކުރުމަށް އެއްހާސް ދުއިސައްތަ (1200) އަކަފޫޓުގެ އެކެއް (1) ބިން ކުއްޔަށް ހިފާނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިއިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަން

ދުވަސް

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރުން

ނ.ވެލިދޫ ކައުންސިލް އިދާރާ

ބުރާސްފަތި

   03 ސެޕްޓެމަބަރ 2026

11:30

އަންދާސީހިސާބު ހުށަހެޅުން

ނ.ވެލިދޫ ކައުންސިލް އިދާރާ

ހޯމަ

14 ސެޕްޓެމަބރު 2026

11:30

 

         މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ. މިއީ ވަޑާމުގެ މަސައްކަތް ކުރުމަށް ކުއްޔަށް ދޫކުރެވިފައިވާ ބިމެއްކަމުން ޤަވާއިދުން ކުލި ދައްކަމުންދާ ފަރާތްތަކަށް އެގްރިމެންޓްގެ މުއްދަތު އިތުރުކޮށްދިނުމުގައި އިސްކަން ދެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ އަސްލާއި، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަންބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ. އަދި މި އިޢުލާނާއިއެކު ކުއްޔަށް ދޫކުރެވޭ ބިމުގެ ޗާޓު ހިމެނިފައިވާނެވެ. މިހެންވެމިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

 

11 ރަބީޢުލްއައްވަލް 1448ހ.

24 އޮގަސްޓް 2026
ހޯދާ