ދިވެހިރާއްޖެ
އިޢުލާން
ވާދޫ ކައުންސިލުން ކުރިއަށްގެންދާ މުބާރާތްތައް ސްޕޮންސަރ ކުރުމާއި އަދި އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ.
މިކައުންސިލުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ "ވާވެރި ފުޓްސަލް ކަޕް 2026" އަދި "ވާދޫ ކައުންސިލްގެ ޤުރުޢާން މުބާރާތް 1448" ސްޕޮންސަރ ކުރުމާއި، މިދެމުބާރާތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވާލަމެވެ.
މިދެ މުބާރާތް ކުރިއަށް ގެންދިޔުމަށް ރޭވިފައިވާ ތާރީޚް ތިރީގައި އެވަނީއެވެ.
|
# |
މުބާރާތުގެ ނަން |
މުބާރާތް އޮންނަ ތާރީހް |
|
1 |
ވާދޫ ކައުންސިލްގެ ޤުރުޢާން މުބާރާތް 1448 |
2026 ސެޕްޓެމްބަރ 12 |
|
2 |
ވާވެރި ފުޓްސަލް ކަޕް 2026 |
2026 އޮކްޓޯބަރ 21 |
ވީމާ، މި މުބާރާތްތައް ސްޕޮންސަރ ކުރުމަށް ނުވަތަ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 4000299 ފޯނަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
