ދިވެހިރާއްޖެ
އިޢުލާނު
އޭދަފުށީގައި ޢިމާރާތްކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމާ ގުޅޭ
އޭދަފުށީގައި ޢިމާރާތްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުގެ މައުލޫމާތު އެއްކޮށް، ރަސްމީ ދަފްތަރެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ. މި ދަފްތަރު އެކުލަވާލުމުގެ މަޤްޞަދަކީ ޢިމާރާތް ކުރުމުގެ ޤަވާއިދު ނަންބަރު 2019/R-1002 އާއި އެއްގޮތަށް ރަށުގައި ހިންގޭ ޢިމާރާތްކުރުމުގެ މަސައްކަތްތައް ހަރުދަނާކޮށް، ޤަވާއިދުގެ ތެރެއިން ކުރިއަށް ގެންދިއުމެވެ.
ވީމާ، އޭދަފުށީގައި ޢިމާރާތްކުރުމުގެ މަސައްކަތް (ކޮންޓްރެކްޓް އުސޫލުން ނުވަތަ އަމިއްލައަށް ކުރަމުންގެންދާ / ކުރަން ބޭނުންވާ ފަރާތްތަކުން) ދަފްތަރުގައި ރަޖިސްޓްރީވުމަށް ތިރީގައިވާ ލިންކް ފުރިހަމަކުރެއްވުން އެދެމެވެ.
ލިންކް: https://forms.gle/aYty6wjGw7N8tmr7A
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ.
10 ރަބީޢުލްއައްވަލް 1448ހ
