ދިވެހިރާއްޖެ
މިސްކޫލުންދޭ މަޢުލޫމާތާއި އެއްގޮތަށް ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.
މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 23 އޮގަސްޓް 2026 އިން 30 އޮގަސްޓް 2026 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.
1- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.
2- ރަޖިސްޓްރީ ނަންބަރު.
3- އީމެއިލް އެޑްރެސް.
4- ގުޅޭނެ މޯބައިލް ނަންބަރު.
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 30 އޮގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
ބީލަން ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 31 އޯގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި މި ސްކޫލުގެ މީޓިންގ ރޫމްގައެވެ.
ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މަރަދޫ ސްކޫލް
މަރަދޫ ، އައްޑޫސިޓީ
ފޯން: 6890941
އީ-މެއިލް: [email protected]
