ދިވެހިރާއްޖެ
އޭދަފުށީ 2 ނަންބަރު ފުޓްސަލް ދަނޑުގެ ފެންސް ނަގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ އެންމެހައި ފަރާތްތަކަށް އަގުބަޔާންކުރާ އަންދާސީހިސާބު (ކޯޓޭޝަން) ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ކުރަންޖެހޭ މަސައްކަތް:
- · 4 ފެންސް ބުޑުން ކަނޑާލުމަށްފަހު، ދަނޑުގެ ހުޅަނގު ފަރާތު ބިމުގައި ބެހެއްޓުން.
ކޯޓޭޝަން ހުށަހެޅުން:
މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 31 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށް ކޯޓޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ. ކޯޓޭޝަންގައި މަސައްކަތް ކޮށްދޭނޭ އަގު، ކުންފުނީގެ ސީލް އަދި ވެރިފަރާތުގެ ސޮއި ހިމަނާފައި އޮންނަންވާނެއެވެ. ކޯޓޭޝަން ވެލިޓިޓީގެ ގޮތުގައި 30 ދުވަސް އޮންނަންވާނެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް މި ކައުންސިލްގެ ނައިބު ރައީސް ޢަލީ ޝަފީޤް 7992334 ފޯން ނަންބަރ އަށް ގުޅުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެކު އެކަރުދާސް ކުރެވިފައި ވާނެއެވެ. އަދި ސުންގަޑި ހަމައްވުމަށްފަހު ހުށަހަޅާ ކޯޓޭޝަން ބަލައެއްނުގަނެވޭނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
10 ރަބީޢުލްއައްވަލް 1448
23 އޮގަސްޓް 2026
