މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ވާވެރި ފުޓްސަލްކަޕް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

އިޢުލާން            

"ވާވެރި ފުޓްސަލްކަޕް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

 

 

މިކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ވާވެރި ފުޓްސަލް ކަޕް 2026" މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. މުބާރާތުގެ މެޗުތައް ފެށޭނީ 2026 އޮކްޓޯބަރ 21 ވާ ބުދަ ދުވަހުއެވެ. މި މުބާރާތުގެ އުސޫލާއި، ޓީމު ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު މި އިޢުލާނާއިއެކު އާއްމުކުރެވިފައިވާނެއެވެ.

 

ވީމާ، މި މުބާރާތުގައި ބައިވެރިވެލައްވަން ޝައުޤުވެރިވެލައްވާ ޓީމުތަކުން 2026 ސެޕްޓެމްބަރ 20 ވާ އާދިއްތަ ދުވަހުގެ 12:00ގެ ކުރިން "ވާވެރި ފުޓްސަލް ކަޕް 2026 – ޓީމު ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު" ފުރިހަމަކުރެއްވުމަށްފަހު، މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 4000299 ފޯނަށް ގުޅުއްވައިގެން ނުވަތަ [email protected]  އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

23 އޮގަސްޓް 2026
ހޯދާ