ދިވެހިރާއްޖެ
ކަމަދޫ ސްކޫލް ނަމްބަރ: (IUL)GS133/2026/R/01
ބ.ކަމަދޫ/ ދިވެހިރާއްޖެ
ކަމަދޫ ސްކޫލް ފުރަތަމަ އިމާރާތް ވޯރކްވޭގެ ސީލިންގް މަރާމާތުކުރުން
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
މި ސްކޫލުންދެވޭ މަޢުލޫމާތާއި އެއްގޮތަށް ކަމަދޫ ސްކޫލުގެ ފުރަތަމަ އިމާރާތުގެ ވޯކްވޭ ސީލިންގ މަރާމާތުކުރުން، އެބައެއްގެ އަމިއްލަ ތަކެތީގައި ސީލިން މަރާމާތު ކުރުމަށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރައްވަވާ މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.
- ބިޑް ރަޖިސްޓްރީކުރާ ފޯމް : https://forms.gle/J99f9MayraTTdRT17
- މި ސްކޫލުންދެވޭ މަޢުލޫމާތާއި އެއްގޮތަށް ކަމަދޫ ސްކޫލުގެ ސީލިންގ މަރާމާތުކުރުން، އެބައެއްގެ އަމިއްލަ ތަކެތީގައި ސީލިން މަރާމާތު ކުރުމަށް ބޭނުންވާ ރިކުއާރމެންޓް ހިމެނޭ ބީލަން ފޮތް މި އިއުލާނާއެކު އެޓޭޗް ކުރެވިފައި އެވަނީއެވެ.
މި ބީލަމާއި ގުޅިގެން ޕްރީ ބިޑް މީޓިންގއެއް ނޯންނާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ކަމަދޫ ސްކޫލް ސީލިންގ މަރާމާތުކުރުން " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށާއި ގަޑިޖެހިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
|
ބިޑު ރަޖިސްޓްރީކުރުން |
ޕްރީ ބިޑް މީޓިން |
އަންދާސީހިސާބު (ބިޑް) ހުށަހެޅުއްވުން |
|
2026 / 8 / 23 ން 30.8.2026 ގެ 11:00 ށް |
- |
01.09.2026 ގެ 11:00 ގައި |
|
އޮންލައިން ފޯމު މެދުވެރިކޮށް |
- |
ކަމަދޫ ސްކޫލް އޮފީސްގައި |
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
09 ރަބީޢުލްއައްވަލް 1448
23 އޮގަސްޓް 2026
