ދިވެހިރާއްޖެ
މިރަށުގެ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން ދެމެހެއްޓުމާއި، ކުޅިވަރުގެ ރޫޙު އާލާކުރުމުގެ މަޤްޞަދުގައި ކައުންސިލުން އިންތިޒާމްކޮށް ރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ފުޓްބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 2026 ނޮވެމްބަރ 01 ވާ އާދީއްތަ ދުވަހުގައެވެ. މިމުބާރާތަކީ މިރަށަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް ކަމަށްވުމާއެކު މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ރަށުގެ ޓީމް ތަކަށެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމް ފުރިހަމަކޮށް 2026 ސެޕްޓެމްބަރ 20 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމާއެކު -/1000 ރުފިޔާ ގެ ފީއެއް ކައުންސިލްގެ އިދާރާއަށް ދައްކަންވާނެއެވެ. އަދި މި މުބާރާތުގެ ހިންގާ ޤަވާޢިދާއި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. މި އިޢުލާނާއި އެކު މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި މުބާރާތުގެ ޤަވާއިދު ހީރަސްކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
