ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ނޮވެމްބަރު/ ޑިސެންބަރު ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އިންގްލިޝް ގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަން ދޫކުރުމާއި ގުޅޭ:

2026 ވަނަ އަހަރުގެ ނޮވެމްބަރު/ޑިސެންބަރު ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އިންގްލިޝް އިމްތިޙާނުގައި މިޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަ ގޮތުން ބައިވެރިވާ ކެންޑިޑޭޓުން ، އިޢުލާނުގައިވާ ލިންކު މެދުވެރިކޮށް ގޫގުލް ފޯމު ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ފޯމު ލިންކު: https://forms.gle/qGG6CbkPYoSc48nz8

       ނޯމަލް އެންޓްރީ އެޕްލިކޭޝަނަށް އެދުމުގެ މުއްދަތަކީ 2026 އޮގަސްޓް 20 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2026 ސެޕްޓެމްބަރ 07 ވާ ހޯމަ ދުވަހަށެވެ. އެޕްލިކޭޝަންތަކުގެ ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ. ބަންޑޭރި ޕޭ ޕޯޓަލްއިން ފައިސާ ދައްކާނެ ގޮތުގެ ގައިޑްލައިން މަތީގައިވާ ލިންކުގައި ހިމަނާފައި ވާނެއެވެ.

* ބަނޑޭރިޕޭ ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކޭނެ އެންމެ ފަހު ވަގުތަކީ 2026 ސެޕްޓެމްބަރ 07 ވާ ހޯމަ ދުވަހުގެ 23:59 އެވެ.

20 އޮގަސްޓް 2026
ހޯދާ