މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޚިދުމަތް ދިނުމަށް އެގްޒަމިނަރުން ހޯދުމަށް
ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޚިދުމަތް އަތޮޅު ކައުންސިލްތަކުގެ އިތުރުން ރަށު ކައުންސިލްތަކުންވެސް ކުރިއަށް ގެންދަން ބޭނުންވާކަން ޓްރާންސްޕޯޓް މިނިސްޓްރީ އިން އަންގަވާފައިވެއެވެ. މިގޮތުން ދުއްވުމުގެ އެގްޒެމިނަރުން ހޮވުމުގައި ނިޔަމިކަމުގެ ސެޓްފިކެޓް އޮތުމާއެކު ގިނަ ކެޓަގަރީތައް އޮތް ފަރާތްތަކަށްވެ، ލައިސަންސް ނެގި ފަހުން މަދުވެގެން 1 އަހަރުދުވަހު އުޅަނދުފަހަރު ދުއްވުމުގައި ހޭދަކުރައްވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފާރާތްތަކުން ތިރީގައިވާ ޑޮކިއުމަންޓްތަށް ކައުންސިލް އިދާރާއަށް 24 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ހުށައެޅުމަށް ދަންނަވަމެވެ.
1. ކަނޑުގެ ލައިސަންސް ފޮތުގެ ކޮޕީ
2. ނިޔަމި ކަމުގެ ސަނަދު ކޮޕީ
3. އައިޑީ ކާޑްގެ ކޮޕީ
19 އޮގަސްޓް 2026
ހޯދާ
